ވެރިކަމުގެ ފުރަތަމަ 100 ދުވަހު ފަނޑިޔާރުންގެ މުސާރަ ބޮޑުކުރާނަން: ގާސިމް

ވެރިކަމުގެ ފުރަތަމަ 100 ދުވަހު ފަނޑިޔާރުންގެ މުސާރަ ބޮޑުކުރާނެ ކަމަށް ޖުމްހުރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ގާސިމް މިހެން ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ރިޔާސީ މެނިފެސްޓޯ އިއ...

09 Aug 2023 | 16:56

ވެރިކަމުގެ ފުރަތަމަ 100 ދުވަހު ފަނޑިޔާރުންގެ މުސާރަ ބޮޑުކުރާނެ ކަމަށް ޖުމްހުރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ރިޔާސީ މެނިފެސްޓޯ އިއުލާނު ކުރުމަށްޓަކައި މ. ކުނޫޒުގައި މިހާރުު ކުރިއަށްދާ ޖަލްސާގައެވެ.

ގާސިމް ވިދާޅުވީ  ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށްޓަކައި، ފަނޑިޔާރުންގެ މުސާރަ މިހާރަށްވުރެ 75 އިންސައްތަ ބޮޑު ކޮށްދެއްވާނެ ކަަމަށެވެ.

ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވާހަކަ އެންމެންވެސް އަބަދުވެސް ދައްކަވާކަން ފާހަގަ ކުރަްވައި ގާސިމް ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމުން ޝަރުއީ ދާއިރާ އިސްލާހު ކުރުމަށްޓަކައި އެއްވެސް ވެރިއަކު އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށެވެ.

މީގެ އިތުރުން ގާސިމް ވިދާޅުވީ ސުޕްރީމް ކޯޓާއި ހައި ކޯޓަށް ވަކި އިމާރާތެއް ނެތް ކަމަށެވެ. އަދި އެ ދާއިރާގެ މުވައްޒަފުންނަށް ތަމްރީނު ނުދޭ ކަމަށެވެ.

ގާސިމް ވިދާޅުވީ އެންމެ ފަހުން ފަނޑިޔާރުންގެ މުސާރަ ބޮޑުކޮށްފައި ވަނީ އެމަނިކުފާނު ފިނޭންސް މިނިސްޓަރު ކަމުގައި ހުންނެވިއިރު ކަމަށެވެ.

ގާސިމްގެ ވެރިކަމެއްގައި، ފުރަތަމަ ދެ އަހަރުގެ ތެރޭގައި ކޯޓުތަކުގެ އިންފްރާންސްޓްރަކްޗަރ ރަނގަޅު ކޮށްދެއްވާނެކަން ފާހަގަ ކުރައްވައި ގާސިމް ވިދާޅުވީ ޝަރުއީ ދާއިރާގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ މުސާރަ 35 އިންސައްތަ ބޮޑުކޮށްދެއްވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް