ޑިޒްނީ ގޭމްސްތަކާއެކު އުރީދޫ ނޭޝަން ގޭމްސް ކްލަބް

ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކާ ދިވެހި މުޖުތަމަޢު ގުޅާލުމަށް އުރީދޫއިން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން، އުރީދޫ ނޭޝަން ކްލަބް ތަޢާރަފްކޮށްފިއެވެ. އުރީދޫ ނޭޝަން ވެބްސައިޓް މެދުވެރިކޮށް ވަދެވޭ މި ގޭ...

09 Aug 2023 | 15:04

ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކާ ދިވެހި މުޖުތަމަޢު ގުޅާލުމަށް އުރީދޫއިން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން، އުރީދޫ ނޭޝަން ކްލަބް ތަޢާރަފްކޮށްފިއެވެ.

އުރީދޫ ނޭޝަން ވެބްސައިޓް މެދުވެރިކޮށް ވަދެވޭ މި ގޭމްސް ކަލަބްގައި،ޑިޒްނީ ބްރޭންޑްގެ ގޭމްތަކުގެ ހިތްގައިމު ކަލެކްޝަނަކާއެކު 100 އަށްވުރެ ގިނަ ގޭމުތައް މި ޕްލެޓްފޯމުގައި ހިމެނެއެވެ. ވަރަށް ހެޔޮ އަގެއްގައި މި ހިދުމަތް ލިބޭ އިރު ކަސްޓަމަރުންނަށް ޑެއިލީ، ވީކްލީ އަދި މަންތްލީ މި ޕްލޭންތައް ނެންގެވޭނެއެވެ.

  • ޑެއިލީ ސަބްސްކްރިޕްޝަނަށް: 24 ގަޑިއިރަށް 2 ރުފިޔާ
  • ވީކްލީ ސަބްސްކްރިޕްޝަނަށް: 7 ދުވަހަށް 10 ރުފިޔާ
  • މަންތްލީ ސަބްސްކްރިޕްޝަނަށ: 30 ދުވަހަށް 20 ރުފިޔާ

ޕްރީޕެއިޑް ކަސްޓަމަރުންނަށް ޕްރީޕެއިޑް ބެލެންސް މެދުވެރިކޮށް ސަބްސްކްރިޕްޝަން ފީ ދެއްކޭއިރު، ސަބްސްކްރިޕްޝަން ފީ ޕޯސްޓްޕެއިޑް ބިލަށްވެސް އެއްކޮށްލެވޭނެއެވެ. މި ޕެލެޓްފޯމަށް ސަބްސްކްރިބް ކުރާ ފަރާތްތަކަށް އޮޓޯއިން ސަބްސްކްރިޕްޝަން އައު ވާ ގޮތަށްވެސް ހަދާލެވޭނެއެވެ. ސަބްސްކްރައިބްކޮށްލުމަށް http://ore.do/gameclub ޒިޔާރަތްކޮށްލައްވާށެވެ.

ދަ ވޮލްޓް ޑިޒްނީ ކޮމްޕެނީގެ ޑިޒްނީ ކާޓޫން ތަކަކީ ޒަމާނުއްސުރެ މުޅި ދުނިޔޭގައި މަގްބޫލުކަން ހޯދަމުން އަންނަ ކާޓޫންތަކެކެވެ. ރާއްޖޭގައިވެސް ޑިޒްނީ ކާޓޫންތަކާއި ޑިސްނީގެ ކެރެކްޓާސް ތަކަކީ ދިވެހީންގެ މެދުގައިވެސް މަގްބޫލުކަން ބޮޑު ކެރެކްޓާސް ތަކަކަށް އޮންނަނީ ވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް