ފްލެޓް ލިބިފައިވާ ކަމަށް ބުނެ މަކަރާ ހީލަތުން މީހުން ގުޅާފާނެތީ އެކަމަށް ސަމާލުވުމަށް ފުލުހުން އެދެފިއެވެ.
ފުލުހުން ބުނީ، އެކި ދުވަސްވަރާ ދިމާކޮށް ފްލެޓް ލިބިފައިވާކަމަށް ބުނެ ފޯނަށް ގުޅައިގެންނާއި މެސެޖް ނުވަތަ އީމެއިލް ކޮށްގެން މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ފައިސާ ހޯދަމުންދާ މައްސަލަތަކަކީ ފުލުހުންނަށް ހުށަހެޅެމުންދާ މައްސަލަތަކުގައި ހިމެނޭ ބާވަތެއް ކަމަށެވެ..
ސަރުކާރުން މިހާރު އިއުލާނުކޮށްފައިވާ “ގެދޮރުވެރިޔާގެ ހައުސިންގ ސްކީމް” ގެ ދަށުން ފްލެޓް ލިބިފައިވާ ލިސްޓާ ގުޅިގެން ހީލަތްތެރިންގެ މަކަރާއި އޮޅުވާލުން އިތުރުވުމަކީ އެކަށީގެންވާކަމެއް ކަމަށް ފުލުހުން ބުންޏެވެ..
އެހެން ކަމުން އެފަދަ ފަރާތްތަކުގެ ކިބައިން ސަލާމަތްވުމަށްޓަކައި ސައްހަ މައުލޫމާތު ހޯދައި، އެމީހުން ބޭނުންކުރާ އުކުޅުތަކާ ގުޅޭ މައުލޫމާތު އެއްކޮށް، މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ހިންގާ ސްކޭމްތައް ދެނެގަތުމަކީ ރައްކާތެރިކަމުގެ ގޮތުން އެޅޭނެ އެންމެ މުހިންމު ފިިޔަވަޅު ކަމަށް ފުލުހުން ބުންޏެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ފުލެޓް ދޫކުރުމަށްޓަކައި ހިންގާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓް ސަރުކާރުން އާއްމުކޮށްފައި ވަނީ އިއްޔެއެވެ...
ސަރުކާރުން ނިންމާފައިވަނީ މި ސްކީމަށް ޝަރުތުހަމަވާ ހުރިހާފަރާތްތަކަށް ފުލެޓް ދިނުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް