އެމްޑީޕީގެ މެނިފެސްޓޯ: ދަރިންގެ ހަރަދުނެގޭ މިންވަރު އިތުރުކުރާނަން

ދަރިންގެ ހަރަދުނެގޭ މިންވަރު އިތުރު ކުރުމަށް އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފިއވެ. ކުރިއަށް އޮތް ދައުރަށް އެމްޑީޕީން ތައްޔާރު ކޮށްފައިވާ މެނިފެސްޓޯގެ ފުރަތަމަ ސިޔާސަތު ވަނީ އާއްމު ކޮށްފައެވެ. އެއީ ...

09 Aug 2023 | 13:12

ދަރިންގެ ހަރަދުނެގޭ މިންވަރު އިތުރު ކުރުމަށް އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފިއވެ.

ކުރިއަށް އޮތް ދައުރަށް އެމްޑީޕީން ތައްޔާރު ކޮށްފައިވާ މެނިފެސްޓޯގެ ފުރަތަމަ ސިޔާސަތު ވަނީ އާއްމު ކޮށްފައެވެ. އެއީ 'އުފާވެރި ދިރިއުޅުން' ސިޔާސަތެވެ. އެ ސިޔާސަތުގެ ތެރޭގައި ހިމެނެނީ ދުޅަހެޔޮ ބަދަލި މުޖުތަމައު، އުފެއްދުންތެރި ފުދުންތެރި ޖީލު އަދި ޝާމިލު އޯގާތެރި ރައްޔިތުންނެވެ.

އެގޮތުން ޝާމިލު އޯގާތެރި ރައްޔިތުން އިތުރު ކުރުމުގެ ތެރެއިން، ބާރުވެރިވުމުގައި އަންހެނުންގެ ފަހިކަން ހިމަނާފައި ވެއެވެ. އަދި ސަރުކާރުން ކުރިއަށް ރާވާފައިވާ ކަންތައްތަކުގެ ތެރޭގައި، އާއިލާއާ ބެހޭ ގާނުނު މުރާޖައާކޮށް، ދަރިންގެ ހަރަދު ނެގޭ މިންވަރު އިތުރު ކުރާނެ ކަމަށް ބުނެފައިވެއެވެ.

އެމްޑީޕީގެ މެނިފެސްޓޯ، ފަސް ސިޔާސަތެއްގެ މައްޗަށް ބަހާލާފައި ވެއެވެ. އެއީ:-

  • އުފާވެރި ދިރިއުޅުން
  • އަމާން މުޖުތަމައު’
  • ޒުވާނުންގެ އާ ޖީލު
  • އިގުތިސޯދީ ބޮޑު ބަދަލު
  • ހެޔޮވެރިކަން

އެ ސިޔާސަތު ތަކުގެ ތަފްސީލު ހާމަކޮށްދިނީ ދރ. އައިޝަތު ޝަފީނާއެވެ. އޭނާ ވިދާޅުވި ގޮތުގައި މެނިފެސްޓޯ އެކުލަވާލީ ކަމާބެހޭ މާހިރުންގެ ލަފަޔާއި އިރުޝާދުގެ އިތުރުން އާއްމުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ކަމަށެވެ.

އަދި ސިޔާސަތުތައް އެކުލަވާލި އިރު ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށް، ސިޔާސަތު އެކުލަވާލުމުގައި އެންމެން ބައިވެރި ކޮށްފައި ވާނެ ކަމަށް ޝަފީނާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް