ނާޒިމަށް ކެނޑިޑޭޓް ނަމްބަރު އަށެއް

ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓް މުހައްމަދު ނާޒިމަށް ކެނޑިޑޭޓް ނަމްބަރު8 ލިބިގެން ގޮސްފިއެވެ. ނާޒިމަށް ކެނޑިޑޭޓް ނަމްބަރު 8 ލިބިގެން މި ދިޔައީ ރިޔާސީ އިނ...

09 Aug 2023 | 11:55

ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓް މުހައްމަދު ނާޒިމަށް ކެނޑިޑޭޓް ނަމްބަރު8 ލިބިގެން ގޮސްފިއެވެ.

ނާޒިމަށް ކެނޑިޑޭޓް ނަމްބަރު 8 ލިބިގެން މި ދިޔައީ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކުރިމަތިލި ކެނޑިޑޭޓުންގެ ނަންތައް މިއަދު ތަރުތީބު ކުރުމުންނެވެ.

ރައީސް ޔާމީންގެ ދައުރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި އަދި މިހާރު ރައްޔިތުންގެ މަޖިލީހުގައި ދަނގެތީ ދާއިރާ ތަމްސީލުކުރައްވާ ނާޒިމް މި އަހަރުގެ އިންތިހާބުގައި ވާދަކުރާއިރު ނާޒިމްގެ ރަނިންމޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޑރ. އަހްމަދު އަދީލް ނަސީރެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބަކީ ދިވެހި ތާރީހުގައި އެންމެ ގިނަ ކެނޑިޑޭޓުން ވާދަކުރާ ރިޔާސީ އިންތިހާބެވެ. އެގޮތުން ފަސް ޕާޓީއަކުން ފަސް ކެނޑިޑޭޓަކު އަދި އަމިއްލަ ގޮތުން ތިން ކެނޑިޑޭޓަކު ވާދަކުރެއެވެ.

ޕާޓީތަކުން ވާދަކުރާ ކެނޑިޑޭޓުންނަކީ އެމްޑީޕީން ރައީސް ސޯލިހް، ޖޭޕީން ގާސިމް، އެމްއެންޕީން ނާޒިމް، ޑިމޮކްރެޓްސް އިން އިލްޔާސް އަދި ޕީއެންސީން މުއިއްޒެވެ. އަމިއްލަގޮތުން ކުރިމަތިލާ ކެނޑިޑޭޓުންނަކީ ފާރިސް، އުމަރު އަދި ޒަމީލެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް