އުމަރު ނަސީރަށް ކެނޑިޑޭޓް ނަމްބަރު އެކެއް

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރާ ކެނޑިޑޭޓް އުމަރު ނަސީރަށް ކެނޑިޑޭޓް ނަމްބަރު1 ލިބިގެން ގޮސްފިއެވެ. އުމަރް ނަސީރަށް ކެނޑިޑޭޓް ނަމްބަރު 1 ލިބިގެން މި ދިޔައީ ރިޔާސީ އިންތިހާބުގައި ވާދަކުރު...

09 Aug 2023 | 11:54

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރާ ކެނޑިޑޭޓް އުމަރު ނަސީރަށް ކެނޑިޑޭޓް ނަމްބަރު1 ލިބިގެން ގޮސްފިއެވެ.

އުމަރް ނަސީރަށް ކެނޑިޑޭޓް ނަމްބަރު 1 ލިބިގެން މި ދިޔައީ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކުރިމަތިލި ކެނޑިޑޭޓުންގެ ނަންތައް މިއަދު ތަރުތީބު ކުރުމުންނެވެ.

އުމަރު ނަސީރު މި އަހަރުގެ އިންތިހާބުގައި ވާދަކުރާއިރު އުމަރުގެ ރަނިންމޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މާޒް ސަލީމެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބަކީ ދިވެހި ތާރީހުގައި އެންމެ ގިނަ ކެނޑިޑޭޓުން ވާދަކުރާ ރިޔާސީ އިންތިހާބެވެ. އެގޮތުން ފަސް ޕާޓީއަކުން ފަސް ކެނޑިޑޭޓަކު އަދި އަމިއްލަ ގޮތުން ތިން ކެނޑިޑޭޓަކު ވާދަކުރެއެވެ.

ޕާޓީތަކުން ވާދަކުރާ ކެނޑިޑޭޓުންނަކީ އެމްޑީޕީން ރައީސް ސޯލިހް، ޖޭޕީން ގާސިމް، އެމްއެންޕީން ނާޒިމް، ޑިމޮކްރެޓްސް އިން އިލްޔާސް އަދި ޕީއެންސީން މުއިއްޒެވެ. އަމިއްލަގޮތުން ކުރިމަތިލާ ކެނޑިޑޭޓުންނަކީ ފާރިސް، އުމަރު އަދި ޒަމީލެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް