ފާރިސަށް ކެނޑިޑޭޓް ނަމްބަރު ހައެއް

ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރާ އެއް ކެނޑިޑޭޓް ކަމުގައިވާ އަހްމަދު ފާރިސް މައުމޫނަށް ކެނޑިޑޭޓް ނަމްބަރު6 ލިބިގެން ގޮސްފިއެވެ. ފާރިސަށް ކެނޑިޑޭޓް ނަމްބަރު6 ލިބިގެން މި ދިޔައީ ރިޔާސީ އިންތ...

09 Aug 2023 | 11:53

ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރާ އެއް ކެނޑިޑޭޓް ކަމުގައިވާ އަހްމަދު ފާރިސް މައުމޫނަށް ކެނޑިޑޭޓް ނަމްބަރު6 ލިބިގެން ގޮސްފިއެވެ.

ފާރިސަށް ކެނޑިޑޭޓް ނަމްބަރު6 ލިބިގެން މި ދިޔައީ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކުރިމަތިލި ކެނޑިޑޭޓުންގެ ނަންތައް މިއަދު ތަރުތީބު ކުރުމުންނެވެ.

ކުރީގެ ރައީސް މައުމޫންގެ ދޮށީ ދަރިކަލުން ފާރި މި އަހަރުގެ އިންތިހާބުގައި ވާދަކުރާއިރު ފާރިސްގެ ރަނިންމޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޑރ. އަބްދުއްސައްތާރް ޔޫސުފެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބަކީ ދިވެހި ތާރީހުގައި އެންމެ ގިނަ ކެނޑިޑޭޓުން ވާދަކުރާ ރިޔާސީ އިންތިހާބެވެ. އެގޮތުން ފަސް ޕާޓީއަކުން ފަސް ކެނޑިޑޭޓަކު އަދި އަމިއްލަ ގޮތުން ތިން ކެނޑިޑޭޓަކު ވާދަކުރެއެވެ.

ޕާޓީތަކުން ވާދަކުރާ ކެނޑިޑޭޓުންނަކީ އެމްޑީޕީން ރައީސް ސޯލިހް، ޖޭޕީން ގާސިމް، އެމްއެންޕީން ނާޒިމް، ޑިމޮކްރެޓްސް އިން އިލްޔާސް އަދި ޕީއެންސީން މުއިއްޒެވެ. އަމިއްލަގޮތުން ކުރިމަތިލާ ކެނޑިޑޭޓުންނަކީ ފާރިސް، އުމަރު އަދި ޒަމީލެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް