ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރާ ކެނޑިޑޭޓް ހަސަން ޒަމީލަށް ކެނޑިޑޭޓް ނަމްބަރު 2 ލިބިގެން ގޮސްފިއެވެ.
ޒަމީލަށް ކެނޑިޑޭޓް ނަމްބަރު 2 ލިބިގެން މި ދިޔައީ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކުރިމަތިލި ކެނޑިޑޭޓުންގެ ނަންތައް މިއަދު ތަރުތީބު ކުރުމުންނެވެ.
ޒަމީލް މި އަހަރުގެ އިންތިހާބުގައި ވާދަކުރާއިރު ޒަމީލްގެ ރަނިންމޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އަނބިކަނބަލުން މަރިޔަމް އަލީމެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބަކީ ދިވެހި ތާރީހުގައި އެންމެ ގިނަ ކެނޑިޑޭޓުން ވާދަކުރާ ރިޔާސީ އިންތިހާބެވެ. އެގޮތުން ފަސް ޕާޓީއަކުން ފަސް ކެނޑިޑޭޓަކު އަދި އަމިއްލަ ގޮތުން ތިން ކެނޑިޑޭޓަކު ވާދަކުރެއެވެ.
ޕާޓީތަކުން ވާދަކުރާ ކެނޑިޑޭޓުންނަކީ އެމްޑީޕީން ރައީސް ސޯލިހް، ޖޭޕީން ގާސިމް، އެމްއެންޕީން ނާޒިމް، ޑިމޮކްރެޓްސް އިން އިލްޔާސް އަދި ޕީއެންސީން މުއިއްޒެވެ. އަމިއްލަގޮތުން ކުރިމަތިލާ ކެނޑިޑޭޓުންނަކީ ފާރިސް، އުމަރު އަދި ޒަމީލެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް