ގާސިމަށް ކެނޑިޑޭޓް ނަމްބަރު ފަހެއް

ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓް ގާސިމް އިބްރާހިމަށް ކެނޑިޑޭޓް ނަމްބަރު 5 ލިބިގެން ގޮސްފިއެވެ. ގާސިމަށް ކެނޑިޑޭޓް ނަމްބަރު 5 ލިބިގެން މި ދިޔައީ ރިޔާސީ އިންތިހާބުގައި...

09 Aug 2023 | 11:52

ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓް ގާސިމް އިބްރާހިމަށް ކެނޑިޑޭޓް ނަމްބަރު 5 ލިބިގެން ގޮސްފިއެވެ.

ގާސިމަށް ކެނޑިޑޭޓް ނަމްބަރު 5 ލިބިގެން މި ދިޔައީ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކުރިމަތިލި ކެނޑިޑޭޓުންގެ ނަންތައް މިއަދު ތަރުތީބު ކުރުމުންނެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރުކަން ކުރައްވާ ގާސިމް މި އަހަރުގެ އިންތިހާބުގައި ވާދަކުރާއިރު ގާސިމްގެ ރަނިންމޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޑރ. އިބްރާހިމް އަމީނެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބަކީ ދިވެހި ތާރީހުގައި އެންމެ ގިނަ ކެނޑިޑޭޓުން ވާދަކުރާ ރިޔާސީ އިންތިހާބެވެ. އެގޮތުން ފަސް ޕާޓީއަކުން ފަސް ކެނޑިޑޭޓަކު އަދި އަމިއްލަ ގޮތުން ތިން ކެނޑިޑޭޓަކު ވާދަކުރެއެވެ.

ޕާޓީތަކުން ވާދަކުރާ ކެނޑިޑޭޓުންނަކީ އެމްޑީޕީން ރައީސް ސޯލިހް، ޖޭޕީން ގާސިމް، އެމްއެންޕީން ނާޒިމް، ޑިމޮކްރެޓްސް އިން އިލްޔާސް އަދި ޕީއެންސީން މުއިއްޒެވެ. އަމިއްލަގޮތުން ކުރިމަތިލާ ކެނޑިޑޭޓުންނަކީ ފާރިސް، އުމަރު އަދި ޒަމީލެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް