މުއިއްޒަށް ކެނޑިޑޭޓް ނަމްބަރު ހަތަރެއް

ރިޔާސީ އިންތިހާބުގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ކެނޑިޑޭޓް ނަމްބަރު 4 ލިބިގެން ގޮސްފިއެވެ. ޑރ. މުއިއްޒަށް ކެނޑިޑޭޓް ނަމްބަރު4 ލިބިގެން މި ދ...

09 Aug 2023 | 11:50

ރިޔާސީ އިންތިހާބުގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ކެނޑިޑޭޓް ނަމްބަރު 4 ލިބިގެން ގޮސްފިއެވެ.

ޑރ. މުއިއްޒަށް ކެނޑިޑޭޓް ނަމްބަރު4 ލިބިގެން މި ދިޔައީ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކުރިމަތިލި ކެނޑިޑޭޓުންގެ ނަންތައް މިއަދު ތަރުތީބު ކުރުމުންނެވެ.

ރައީސް ޔާމީންގެ ދައުރުގައި ހައުސިން މިނިސްޓަރުކަން އަދި މިހާރު މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަން ކުރައްވާ މުއިއްޒު މި އަހަރުގެ އިންތިހާބުގައި ވާދަކުރާއިރު މުއިއްޒުގެ ރަނިންމޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބަކީ ދިވެހި ތާރީހުގައި އެންމެ ގިނަ ކެނޑިޑޭޓުން ވާދަކުރާ ރިޔާސީ އިންތިހާބެވެ. އެގޮތުން ފަސް ޕާޓީއަކުން ފަސް ކެނޑިޑޭޓަކު އަދި އަމިއްލަ ގޮތުން ތިން ކެނޑިޑޭޓަކު ވާދަކުރެއެވެ.

ޕާޓީތަކުން ވާދަކުރާ ކެނޑިޑޭޓުންނަކީ އެމްޑީޕީން ރައީސް ސޯލިހް، ޖޭޕީން ގާސިމް، އެމްއެންޕީން ނާޒިމް، ޑިމޮކްރެޓްސް އިން އިލްޔާސް އަދި ޕީއެންސީން މުއިއްޒެވެ. އަމިއްލަގޮތުން ކުރިމަތިލާ ކެނޑިޑޭޓުންނަކީ ފާރިސް، އުމަރު އަދި ޒަމީލެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް