ރައީސް ސޯލިހަށް ކެނޑިޑޭޓް ނަމްބަރު ތިނެއް

ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކެނޑިޑޭޓް ނަމްބަރު 3 ލިބިގެން ގޮސްފިއެވެ. ރައީސް ސޯލިހަށް ކެނޑިޑޭޓް ނަމްބަރު 3 ލިބިގެން މި ދިޔައީ ރ...

09 Aug 2023 | 11:48

ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކެނޑިޑޭޓް ނަމްބަރު 3 ލިބިގެން ގޮސްފިއެވެ.

ރައީސް ސޯލިހަށް ކެނޑިޑޭޓް ނަމްބަރު 3 ލިބިގެން މި ދިޔައީ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކުރިމަތިލި ކެނޑިޑޭޓުންގެ ނަންތައް މިއަދު ތަރުތީބު ކުރުމުންނެވެ.

މިހާރުވެސް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ރައީސް ސޯލިހް މި އަހަރުގެ އިންތިހާބުގައި ވާދަކުރާއިރު ރައީސް ސޯލިހްގެ ރަނިންމޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މުހައްމަދު އަސްލަމެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބަކީ ދިވެހި ތާރީހުގައި އެންމެ ގިނަ ކެނޑިޑޭޓުން ވާދަކުރާ ރިޔާސީ އިންތިހާބެވެ. އެގޮތުން ފަސް ޕާޓީއަކުން ފަސް ކެނޑިޑޭޓަކު އަދި އަމިއްލަ ގޮތުން ތިން ކެނޑިޑޭޓަކު ވާދަކުރެއެވެ.

ޕާޓީތަކުން ވާދަކުރާ ކެނޑިޑޭޓުންނަކީ އެމްޑީޕީން ރައީސް ސޯލިހް، ޖޭޕީން ގާސިމް، އެމްއެންޕީން ނާޒިމް، ޑިމޮކްރެޓްސް އިން އިލްޔާސް އަދި ޕީއެންސީން މުއިއްޒެވެ. އަމިއްލަގޮތުން ކުރިމަތިލާ ކެނޑިޑޭޓުންނަކީ ފާރިސް، އުމަރު އަދި ޒަމީލެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް