ރައީސް ގދ. އަތޮޅުގެ ތިން ރަށެއްގައި އާ އިންޖީނުގެއާއި އޮފީސް އިމާރާތްތައް ހުޅުވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު، ހުވަދު އަތޮޅު ދެކުނުބުރީ، ނަޑެއްލާ، ރަތަފަންދޫ އަދި ފިޔޯރީގައި ފެނަކައިން އިމާރާތްކުރި އައު އިންޖީނުގެތަކާއިއޮފީސް ޢިމާރާތްތައް ހުޅުއްވައި ދެއްވައިފި...

09 Aug 2023 | 05:49

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު، ހުވަދު އަތޮޅު ދެކުނުބުރީ، ނަޑެއްލާ، ރަތަފަންދޫ އަދި ފިޔޯރީގައި ފެނަކައިން އިމާރާތްކުރި އައު އިންޖީނުގެތަކާއިއޮފީސް ޢިމާރާތްތައް ހުޅުއްވައި ދެއްވައިފިއެވެ.

ރައީސް މިތަންތަން ހުޅުއްވައިދެއްވީ، ހުވަދުއަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އިއްޔެ އެރަށްރަށަށް ކުރެއްވި ދަތުރުފުޅުގައެވެ.

އެގޮތުން ރައީސް އިއްޔެ ހުޅުއްވައިދެއްވި، ނަޑެއްލާ ފެނަކަ އައު އިންޖީނުގެއާ އޮފީސް ޢިމާރާތްކޮށްފައި ވަނީ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައެވެ.

ރައީސް އޮފީހުންބުނާގޮތިގައި ޒަމާނީ ފެންވަރަށް އިމާރާތްކޮށްފައިވާ އިންޖީނުގޭގެ އޮފީސް ޢިމާރާތުގައި، ދަތިކަމެއް ނެތި 30 މުވައްޒަފުންނަށް މަސައްކަތްކުރެވޭނެއެވެ. އަދި އައުއިންޖީނުގޭގެ ކެޕޭސިޓީއަކީ 590ކިލޯވޮޓްއެއް ކަމަށް ވެސް އެ އޮފީހުން ވަނީ ބުނެފައެވެ.

މީގެ އިތުރަށް، ރަތަފަންދޫ ފެނަކަ އޮފީސް ޢިމާރާތަކީ، ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެެއް ކަމަށް ރައީސްއޮފީހުން ބުނެއެވެ.

ހަމައެފަދައިން ރަތަފަންދޫގައި އިންޖީނުގެއާ އޮފީސް ޢިމާރާތުގެ ގޮތުގައި ބޭނުން ކުރަމުން އައީ 37 އަހަރުވެފައިވާ ދުވަސްވީ ޢިމާރާތެއް ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

ހަމައެއާއެކު ރައީސް މިދަތުރުފުޅުގައި، ގދ. ފިޔޯރީ ފެނަކަ އޮފީސް ޢިމާރާތް ހުޅުއްވައިދެއްވީ އިއްޔެ ހަވީރުއެވެ.

އެގޮތުން ފިޔޯރީ ފެނަކަ އޮފީސް ޢިމާރާތަކީ، ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެކެވެ. މީގެ ކުރިން ހުރި އިންޖީނުގޭގެ އޮފީހަކީ، 4 މީހުންގެ ޖާގައިގެ އޮފީހެއް ކަމަށް ރައީސްއޮފީހުން ހާމަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް