ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ މިރޭ އިއުލާނު ކުރަނީ

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ މެނިފެސްޓޯ މިރޭ އިއުލާނު ކުރުމަށް އެ ޕާޓީއިން ނިންމައިފިއެވެ. ޖޭޕީއިން ބުނީ، އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހީމްގެ މެނިފެސްޓޯ ލޯންޗް ކުރުން އޮންނާނީ މިރޭ 9:30 ގައި މ. ކ...

09 Aug 2023 | 05:41

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ މެނިފެސްޓޯ މިރޭ އިއުލާނު ކުރުމަށް އެ ޕާޓީއިން ނިންމައިފިއެވެ.

ޖޭޕީއިން ބުނީ، އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހީމްގެ މެނިފެސްޓޯ ލޯންޗް ކުރުން އޮންނާނީ މިރޭ 9:30 ގައި މ. ކުނޫޒުގައި ކަމަށެވެ.

ގާސިމްއަކީ މި އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާ އަށް ކެނޑިޑޭޓުންގެ ތެރެއިން އެއް ކެނޑިޑޭޓެވެ. ގާސިމް ކެމްޕޭން ކުރައްވަނީ 'ގައުމީ ކެނޑިޑޭޓް' ގެ ގޮތުގައެވެ.

ގާސިމްގެ ރަނިންމޭޓަކަށް ހަމަޖައްސާފައި ވަނީ އަމީން އިބްރާހީމްއެވެ.

އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން މިހާތަނަށް މެނިފެސްޓޯ އިފްތިތާހު ކުރައްވާފައި ވަނީ ވެރިކަން ކުރާ އެމްޑީޕީގެ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ރައީސް ވަނީ މެނިފެސްޓޯގެ ފުރަތަމަ ސިޔާސަތު އިފްތިތާހު ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް