ކެމްޕޭނަށް ރައީސް ސޯލިހު ގދ. ވާދޫއަށް ވަޑައިގަންނަވައިފި

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގދ. ވާދޫއަށް ވަޑައިގެންފިއެވެ. ރައީސް ގދ. ވާދުއަށް ވަޑައިގަތީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެމަނިކުފާނުވަނީ އިންތިހާބުގައި ވާދަ ...

09 Aug 2023 | 04:23

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގދ. ވާދޫއަށް ވަޑައިގެންފިއެވެ.

ރައީސް ގދ. ވާދުއަށް ވަޑައިގަތީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

އެމަނިކުފާނުވަނީ އިންތިހާބުގައި ވާދަ ކުރައްވަން ފޯމުހު ހުށަހަޅުއްވާފައެވެ. އަދި އީސީއިން އެ ފޯމު ވަނީ ބަލައިގެންފައެވެ.

ރައީސް ސޯލިހްގެ ގެ ރަނިންގ މޭޓަކަށް ހަމަޖައްސާފައި ވަނީ އެމްޑީޕީގެ ޕީޖީ ލީޑަރ މުހައްމަދު އަސްލަމްއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބޭއްވުމަސް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ކޯލިޝަންގެ ފަރާތުން ވާދަ ކުރައްވާ ކެނޑިޑޭޓް، ރައީސް ސޯލިހުގެ ރިޔާސީ ކެމްޕެއިން ފައްޓަވާފައި ވަނީވެސް  ށ. އަތޮޅުންނެވެ.

އެގޮތުން ކޮމަންޑޫއިން ފެއްޓެވި ކެމްޕޭންގައި އެ އަތޮޅު ފޯކައިދޫ، މަރޮށި އަދި ނޫމަރާއަށް ވަޑައިގެންނެވިއެވެ.

އޭގެ ފަހުން ކ. އަތޮޅުގެ  ކ. ގުޅި، ގުރައިދޫ އަދި މާފުއްޓަށާއި މ. ކޮޅުފުށި، ނާލާފުށި، މުލި އަދި މުލަކުގެ އިތުރުން ވ. ރަކީދޫ، ކެޔޮދޫ، ފެލިދޫ، ތިނަދޫ އަދި ފުލިދޫއަށް ވަޑައިގެންނެވިއެވެ. އަދި ހއ. އަތޮޅުގެ10 ރަށަކަށްވެސް ވަޑައިގެންނެވިއެވެ. އެއީ  ހޯރަފުށި، ތުރާކުނު، އުލިގަމު، މޮޅަދޫ، އިހަވަންދޫ، މާރަންދޫ، ތަކަންދޫ، ކެލާ، ވަށަފަރު އަދި ދިއްދުއަށެވެ.

އެއަށްފަހު އެމަނިކުފާނު ކެމްޕޭނަށް ވަޑައިގެންނެވީ ޏ. ފުވައްމުލަކަށެވެ. އަދި އޭގެ ފަހުން ށ. އަތޮޅާށާއި ހދ އަތޮޅަށް ވަޑައިގެންނެވިއެވެ.

އެންމެ ފަހުން ކެމްޕޭނަށް ރައީސް ވަޑައިގެންނެވީ ދ އަތޮޅަށެވެ..

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް