މާލޭގައި އަންހެނަކު ރޭޕު ކުރި ކަމަށްބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ދުވަހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ރޭެޕެއްގެ މައްސަލަ އިއްޔެ ރިޕޯޓު ކޮށްފައިވާކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ސޯޝަލް މީޑިއާގައި އަންހެނަކު ބުނެފައިވާގޮތުގައި އޭނާގެ ލޯބިވެރިޔާއާއެކު މިދިޔަ ހުކުރު ދުވަހުގެ ރޭ ގެޓް ޓުގެދާއަކަށް ދިޔަކަމަށާއި އެ ގެޓް ޓުގެދާގައި އަށްވަރަކަށް މީހުން ތިބި ކަމަށެވެ.
"އަހަރެންގެ ލޯބިވެރިޔާ ދިޔައީ އެތަނުން އެހެން އަންހެން ކުއްޖަކަށް ޑްރޮޕެއް ދޭން، އެވަގުތު އެތަނުން **** އަހަރެންގެ ފައިގާ ހިފާ ސޯފާ މައްޗަށް ވައްޓާލައި ގަދަކަމުން ރޭޕުކުރީ" ސޯޝަލް މީޑިއާގައި އެ އަންހެން މީހާ ބުނެފައިވެއެވެ.
މި މައްސަލަ ޕޮލިހުން ތަހުގީގު ކުރަން ފަށާފައިވާއިރު މައްސަލައިގާ އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް