އަލަމްގީރާއި ނާޒިމްގެ އިތުރުން އަބްދުއްރަހްމާންގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގާ ބަންގްލްދޭޝްގެ ރައްޔިތެއް ކަމުގައިވާ އަލަމްގީރާއި ނާޒިމް ސައްތާރުގެ އިތުރުން ފުލުހެއް ކަމުގައިވާ އަބްދުއްރަހްމާން ރަފީއުގެ މައްޗަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖ...

09 Aug 2022 | 14:58

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގާ ބަންގްލްދޭޝްގެ ރައްޔިތެއް ކަމުގައިވާ އަލަމްގީރާއި ނާޒިމް ސައްތާރުގެ އިތުރުން ފުލުހެއް ކަމުގައިވާ އަބްދުއްރަހްމާން ރަފީއުގެ މައްޗަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މި މީހުންގެ މައްޗަށް ދައުވާ އުފުލަނީ ޖިންސީ ކުށުގެ ގާނޫނުގެ އިތުރުން ގާނޫނުލް އުގޫބާތުގެ ދަށުންނެވެ. ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ކުށް ސާބިތުވެއްޖެނަމަ ފަސް އަހަރާއި ހަތް އަހަރުގެ ޖަލު ހުކުމެއް އަދި ގާނޫނުލް އުގޫބާތުގެ ދަށުންވެސް ޖަލު ހުކުމެއް އަންނާނެއެވެ.

މި މައްސަލައިގާ އަލަމްގީރުގެ އިތުރުން ތިން މީހަކު ހައްޔަރުކޮށްފައިވެއެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި އަބްދުއްރަހްމާން ރަފީއުގެ އިތުރުން ގާނޫނީ ވަކީލު ނާޒިމް ސައްތާރެވެ.

ނާޒިމާއި އަބްދުއްރަހްމާނާއި އަލަމްގީރަށް ދައުވާކުރަން ފޮނުވިނަަމަވެސް ކާނަލް ނަޝީދުގެ މައްޗަށް ދައުވާކުރަން އަދި ފޮނުވާފައެއް ނުވެއެވެ.

މި މައްސަލައިގާ އިތުރު 18 މީހެއްގެ ޕާސްޕޯޓު މިހާރު ހިފަހައްޓާފައިވާއިރު މިއީ ރާއްޖޭގައި މިހާތަނަށް ހިނގި މިފަދަ އެންމެ ބޮޑު ކަންތަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް