ވ. ފުލިދޫ އުތުރުކޮޅުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފިއެވެ.
މި މަސައްކަތް ކުރާ ކުންފުނި، އެމްޓީސީސީން ބުނީ ފުލިދޫ އުތުރުކޮޅުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް މިހާރުވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 22،312 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 180 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމަށް ވަނީ ނިންމާފައެވެ. އަދި 84 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
މިއީ 8.07 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް