ބޮޑެތިކުށްތައް އާއްމުވަނީ ޤާނޫނު ނެތިގެން ޤާނޫނު ހަރުކަށި ނުވެގެނެއްނޫން - ނެތީ ވެރިންގެ އިޚުލާސްތެރިކަން: ޝިޔާމް

ބޮޑެތިކުށްތައް އާއްމުވަނީ ޤާނޫނު ނެތިގެން ޤާނޫނު ހަރުކަށި ނުވެގެނެއްނޫން ކަމަށާއި ނެތީ ވެރިންގެ އިޚުލާސްތެރިކަން ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހު...

09 Aug 2022 | 10:52

ބޮޑެތިކުށްތައް އާއްމުވަނީ ޤާނޫނު ނެތިގެން ޤާނޫނު ހަރުކަށި ނުވެގެނެއްނޫން ކަމަށާއި ނެތީ ވެރިންގެ އިޚުލާސްތެރިކަން ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ޝިޔާމް މިފަދައިން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.

ޝިޔާމް ވިދާޅުވީ  ތަޙުޤީގީ އިދާރާތަކުން ފެށިގެން މުޅިނިޒާމުވަނީ ކޮރަޕްޓުވެފައި ކަމަށެވެ. އަދި ހޯދާ ހެއްކާ، ހެކި ހޯދާގޮތާ ޗެއިން އޮފް ކަސްޓަޑީ ދުވަހަކު ފުރިހަމަނުވާ ކަމަށެވެ.

މީގެ އިތުރުން ހައްލަކީ އިސްލާމީ ޝަރީޢަތް ޤާއިމުކުރުން ކަމަށް ވެސް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ޝިޔާމް މިފަދައިން ވިދާޅުވެފައިވާއިރު، ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ ކުރެއްވީ ޓްވީޓެއްގައި ވަނީ ރާއްޖޭގައި ގޯސްކޮށް ހިނގާ ކަންކަން އިސްލާހު ކުރަން އުޅެނީ ކިތަންމީހުންތޯ ވިދާޅުވެ، ސުވާލުކުރައްވާފައެވެ. އަދި އެޤައުމެއްގެ ހާލަތު ގޯސް ކުރަނީ ވެސް އަދި ރަނގަޅު ކުރަނީ ވެސް އެތަނެއްގައި ދިރިއުޅޭ ރައްޔިތުން އަމިއްލައަށް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރާއްޖޭގައި ވެސް މިއަދު ގޯސްކޮށް ހިނގާ އަދި ރަނގަޅު ކުރަންޖެހޭ އެތައް ކަމެއް ހުރިކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ އެކަންކަން އިސްލާ ކުރަން މަސައްކަތް ކުރައްވަނީ ކިތައް މީހުންތޯ ސުވާލު ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް