އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން "ޕެކެޓަކަށް ތައްޓެއް" ޕްރޮމޯޝަން ފަށައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން "ޕެކެޓަކަށް ތައްޓެއް" ޕްރޮމޯޝަން ފަށައިފިއެވެ. އެ ކުންފުނިން ބުނީ މިއީ ޑެވަންޑޭލް ކިރަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށެވެ. މި ޕްރޮމޯޝަން ގައި އެސްޓީއޯ...

09 Aug 2022 | 08:19

އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން "ޕެކެޓަކަށް ތައްޓެއް" ޕްރޮމޯޝަން ފަށައިފިއެވެ.

އެ ކުންފުނިން ބުނީ މިއީ ޑެވަންޑޭލް ކިރަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށެވެ.

މި ޕްރޮމޯޝަން ގައި އެސްޓީއޯއިން ވިއްކާ ޑެވަންޑޭލް ހިކި ކިރު ޕެކެޓެއް ނުވަތަ އެއް ލީޓަރުގެ ފުލް ކްރީމް ކިރު ޕެކެޓަށް ގަތުމުން ހިލޭ ތައްޓެއް ލިބޭނެއެވެ.

އެސްޓީއޯ އިން ބުނީ 'ބެކް ޓު ސޫކޫލް ޕްރޮމޯޝަން' ގެ ދަށުން ކުރިޔަށް ގެންދާ މި ޕްރޮމޯޝަން އޮގަސްޓް މަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.

މި ޕްރޮމޯޝަންގެ އިތުރުން ޑެވަންޑޭލް، އައިވީ އާއި ހެޕީ ކައު ބްރޭންގެ ތަކެތި ގަންނަ ފަރާތްތަކަށް ގިފްޓް ވައުޗަރ އާއި އެހެނިހެން އިނާމުތައް ވެސް ކަނޑައެޅިފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ.

https://twitter.com/stoplc/status/1556896209989963778

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް