އަލިފާން އަނގުރު އަޅައިގެން ދޮންކުރި ޒިންކު އިސްތިރި ދޫކޮށް އަހަރެމެން ދިވެހިން ދެން ހިފީ މި އިސްތިރީގައެވެ.
ސްކޫލު ޔުނީފޯމުން ފެށިގެން ހުކުރު ހެދުސް އިސްތިރިކުރުމުގައި އަވަސް ސްޕީޑުގައި ދޮންވެ ފަސޭހައިން ނޮބަށް އަނބުރާލައިގެން އެޖަސްޓްކޮށްލައިގެން އަތްމަތި އަވަސް އަރުވާލާފައި އެތައް ބައިވަރެއް އިސްތިރިކޮށްލަނީވެސް ހަމަ މި އިސްތިރިންނެވެ.
ދައްކަން މި އުޅެނީ ފިލިޕްސް ބްރޭންޑުގެ "ޑްރައި އަޔަން" (HD1172) މަރުކާގެ އިސްތިރީގެ ވާހަކައެވެ. ނުވަތަ ގިނަ ދިވެހިން މުހާތަބު ކުރާގޮތުން ނަމަ "ޤައުމީ އިސްތިރި" ވާހަކައެވެ.
މި އިސްތިރިއަކީ ދެގޮތެއް ނުވެ ހަލުވި ސްޕީޑެއްގައި ވިކެމުން އަންނަ އިސްތިރިއެއް ކަމުގައި މި މަރުކާގެ އިސްތިރި ވިއްކަމުން އަންނަ ޒިބާ މޯލްޑިވްސް އިން ބުނެއެވެ.
"މި އިސްތިރި ގަންނަ ގިނަ ބަޔަކު ބުނަނީ މި އިސްތިރި އަދިވެސް މާ ފައްކާ ކަމަށް، ހަމަ އޮން ކޮށްލާއިރަށް ދޮން ކޮށްލާކަމަށް، ގަމީސް ގިރުވާނާ ދަތި ދޭތެރެ ދޭތެރެ އިސްތިރިކޮށްލަން އަދިވެސް ހަމަ މިވަރެއް ނެތްކަމަށް" ޒިބާއިން ބުންޏެވެ.
މި އިސްތިރި ޒިބާ މޯލްޑިވްސް އިން ވިއްކަމުން އަންނަނީ ހަމަ އެންމެ 350 ރުފިޔާއަށެވެ. ޒިބާގެ ހޮޓްލައިން ނަމްބަރު 7982751 އަށް ގުޅުއްވައި، ބައްލަވައިގަތުމުން މާލެ، ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދެއެވެ. އަދި ވިލިމާލެއިން ނަމަ ފެރީއާއި ހަމައަށް ޑެލިވަރީކޮށްދެއެވެ. މީގެ އިތުރުން ރަށްރަށުން ނަމަ އެ ރަށެއްގެ ބޯޓާއި ހަމައަށް ގެންގޮސް ދޭނެކަމުގައިވެސް ޒިބާއިން ބުނެއެވެ.
ޒިބާ މޯލްޑިވްސް ފޭސްބުކް ޕޭޖް: ލިންކް
ޒިބާ މޯލްޑިވްސް ހޮޓްލައިން:7982751
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް