"މިސް އިންޑިއާ ޔޫއެސްއޭ2022" ގެ މަގާމު އާރްޔާ ވެލްވެކަރް ހޮވިއްޖެ އެވެ.
މިއީ އެމެރިކާގެ ރަށްވެހިންގެ ތެރޭގައި ހިމެނޭ އިންޑިއާ ދަރިކޮޅުގެ އަންހެނުންގެ މެދުގައި ބާއްވާ ރީތީގެ ރާނީ މުބާރާތެކެވެ.
މުބާރާތުގެ ނަތީޖާ ފާޅުކޮށްފައިވަނީ މިދިޔަ ހަފްތާ ބަންދުގައި ނިއު ޖާޒީގައި ބޭއްވި ހަފްލާއެއްގައި އެވެ.
އުމުރުން18 އަހަރުގެ އާރްޔާ އަކީ މެންޓަލް ހެލްތުގެ ދާއިރާގެ ގާނޫނީ ވަކީލެކެވެ. އޭނާ ނިސްބަތްވަނީ އެމެރިކާގެ ވާޖީނިއާ ސްޓޭޓަށެވެ.
މި މުބާރާތަކީ އިންޑިއާއިން ބޭރުގައި އެގައުމަށް ނިސްބަތްވާ އަންހެނުންގެ މެދުގައި ބާއްވާ މިފަދަ އެންމެ ބޮޑު މުބާރާތެވެ. މި މުބާރާތުގައި ކޮންމެ އަހަރަކުވެސް އިންޑިއާ ދަރިކޮޅުގެ އެމެރިކާގެ އެތައް އަންހެނުންނެއް ވާދަ ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް