ވ. އާރަށުގެ މައްސަލަ: އަދީބު ގެނައި 15 މިލިއަން ރުފިޔާ ރައީސް ޔާމީން އަތްޕުޅަށް ދިންއިރު އެތަނުގަ ހުރިން: ނާޒިމް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު ގެނައި 15 މިލިއަން ރުފިޔާ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަތްޕުޅަށް ދިންއިރު އެތަނުގައި ހުންނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކު...

09 Aug 2022 | 06:44

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު ގެނައި 15 މިލިއަން ރުފިޔާ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަތްޕުޅަށް ދިންއިރު އެތަނުގައި ހުންނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ވ. އާރަށް މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދުކުރިއަށްގެންދާ ޝަރީއަތުގެ މަޖިލީހުގައެވެ.

މި ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެއްވަމުން ނާޒިމް ވިދާޅުވީ "އަޅުގަނޑު ހުރިތަނެއްގައި އަހުމަދު އަދީބު ކަޅު ދަބަހެއްގައި ގެނައި ފައިސާ ޔާމީނަށް ދިން." ކަމަށެވެ.

ނާޒިމް ވިދާޅުވީ އެއީ ދޫވެހީގައި ކަމަށާއި އެއީ 15 މިލިއަން ރުފިޔާއޭ އަދީބު ދެންނެވި ކަމަށެވެ.

1997 ވަނަ އަހަރުން ފެށިގެން ޔާމީން ދަންނަ ކަމަށާއި ޔާމީނާއެކު ސްޓެލްކޯ އާއި ރައްޔިތުންގެ މަޖިލީހުގައި ވެސް ގިނަ ދުވަސްތަކެއް މަސައްކަތް ކުރެއްވި ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި، މާލިއްޔަތު ކޮމިޓީގައާއި ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގައި ވެސް މަސައްކަތް ކުރެއްވި ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް