ފައިރޫޝްގެ ރައްދު ރައީސް ނަޝީދަށް: ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތަށްވާ އިއުތުރާފަކީ ޝަރީޢަތުގައި ބަލައިގަނެވޭ އެއްޗެއް

ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތަށްވާ އިއުތުރާފަކީ ޝަރީޢަތުގައި ބަލައިގަނެވޭ އެއްޗެއް ކަމަށް ވިދާޅުވެ، ކުރީގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ. ޢަބްދުﷲ ފައިރޫޝް ރައީސް ނަޝީދަށް ރައްދު ދެއްވައިފިއެވ...

09 Aug 2022 | 05:45

ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތަށްވާ އިއުތުރާފަކީ ޝަރީޢަތުގައި ބަލައިގަނެވޭ އެއްޗެއް ކަމަށް ވިދާޅުވެ، ކުރީގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ. ޢަބްދުﷲ ފައިރޫޝް ރައީސް ނަޝީދަށް ރައްދު ދެއްވައިފިއެވެ.

ފުލުހުންގެ ތަހުގީގްތަކުގައި މީގެ ކުރިން ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ އަދި މިހާރު ރިޓެއަރ ކުރައްވާފައިވާ ފައިރޫޝް ރައީސް ނަޝީދަށް ރައްދު ދެއްވާފައި މިވަނީ މަރުގެ މައްސަލަތައް ސާބިތު ކުރުމުގައި އިއުތިރާފު ބަޔާނުން ކުށް ސާބިތު ކުރާނަމަ އެ ކަމުގައި ޚިލާފު އުފެދޭނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ މުހައްމަދު ނަޝީދު ވިދާޅުވެ ދެއްކެވި ވާހަތަކަށެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވެފައިވަނީ ހ. ޝީރީންވިލާގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އުމުރުން 22 އަހަރުގެ ޝިއާއުގެ މަރާ ގުޅިގެން ކުރެއްވި ޓްވީޓުގައެވެ.

އެ ޓްވީޓުގައި ނަޝީދު ވިދާޅުވީ އިތުރު މީހެއްގެ އިއުތިރާފް ބަޔާނަށް ބުރަނުވާ ތަހުގީގެއް ކޮށް، ގާތިލުންނަށް ހައްގު އަދަބު ދޭން ޖެހޭ ކަމަށެވެ. އަދި މިހާރު އަމަލު މިކުރާ ގާނޫނު އަސާސީން ގެންނަން އެދުނު އެންމެ ބޮޑު ބަދަލަކީ އިއުތިރާފު ބަޔާން ނަގަން ނުޖެހި، ހެއްކާއި ގަރީނާއިން ކުށް ސާބިތު ކުރުން ކަމަށެވެ.

https://twitter.com/MohamedNasheed/status/1556521987018981376

ނަޝީދުގެ މި ޓުވީޓާއި ގުޅިގެން ފައިރޫޝް ވިދާޅުވީ ރައީސް ނަޝީދު ވިދާޅުވާ ވާހަކައެއް ދިވެހިންނަށް ފަހުމް ނުވާކަމަށާއި ވިދާޅުވާ އެއްޗެއް ތިލަކޮށް ބުނަން ޖެހޭކަމަށެވެ. އަދި ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތަށްވާ އިއުތުރާފަކީ ޝަރީޢަތުގައި ބަލައިގަނެވޭ އެއްޗެއްކަމަށެވެ.

https://twitter.com/Fairoosh/status/1556566653306974208?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1556566653306974208%7Ctwgr%5Ecedf08b9ecdb4665e132e98533c84319dad6f4dd%7Ctwcon%5Es1_&ref_url=https%3A%2F%2Fkhabaruonline.com%2F105337

ޝިއާގެ މަރާ ގުޅިގެން، ކްރައިމް ސީނުން ތުހުމަތު ކުރެވޭ ފ. ނިލަންދޫ، ފިނިފެންމާގޭ އަލީ ޝާހިލް ހައްޔަރުކުރި ނަމަވެސް އޭނާ މިހާތަނަށް ކުށަށް އިއުތިރާފްވެފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް