ޤައުމެއްގެ ހާލަތު ގޯސް ކުރަނީވެސް އަދި ރަނގަޅު ކުރަނީވެސް އެތަނެއްގައި ދިރިއުޅޭ ރައްޔިތުން: ޝައިޚް އިމްރާން

ޤައުމެއްގެ ހާލަތު ގޯސް ކުރަނީ ވެސް އަދި ރަނގަޅު ކުރަނީ ވެސް އެތަނެއްގައި ދިރިއުޅޭ ރައްޔިތުން އަމިއްލައަށް ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ކުރައްވާފައިވާ ޓް...

09 Aug 2022 | 05:13

ޤައުމެއްގެ ހާލަތު ގޯސް ކުރަނީ ވެސް އަދި ރަނގަޅު ކުރަނީ ވެސް އެތަނެއްގައި ދިރިއުޅޭ ރައްޔިތުން އަމިއްލައަށް ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގައި ވެސް މިއަދު ގޯސްކޮށް ހިނގާ އަދި ރަނގަޅު ކުރަންޖެހޭ އެތައް ކަމެއް ހުރިކަމަށެވެ. އަދި މިނިސްޓަރ ވަނީ އެކަންކަން އިސްލާހު ކުރަން މަސައްކަތް ކުރައްވަނީ ކިތައް މީހުންތޯ ސުވާލު ކުރައްވާފައެވެ.

https://twitter.com/ShimranAb/status/1556853290998317061

ޝައިޚް އިމްރާންގެ މި ޓުވީޓާއި ގުޅިގެން ގިނަ ބަޔަކު ވަނީ އެއަށް ރައްދު ވެސް ދީފައެވެ. އެގޮތުން މިކަންކަން އިސްލާހު ކުރުމުގެ އެންމެ ބޮޑު ޒިންމާއެއް އޮތީ ހޯމް މިނިސްޓަރގެ ކިބައިގައި ނޫންތޯ ސުވާލު ކުރައްވާފައެވެ.

ރާއްޖޭގައި މިފަހަކަށް އައިސް ތިލަވެފައިވާ "އަލަމްގިރް ގެ ލިވާތު" މައްސަލައިގައި ވެސް މިހާތަނަށް އެންމެ އެކަށީގެންވާ ގޮތަށް ފިޔަވަޅު ނޭޅޭ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައިވާިއރު، އަނިޔާވެރި ގޮތަކަށް ދާދިފަހުން މަރާލި ޝިއާގެ މަރުގެ މައްސަލާގައި ވެސް ސަރުކާރުގެ އިސްވެރިން ހަނު ތިބޭތީ ގިނަބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް