ގއ. ވިލިނގިލީގައި ހުންނަ އެސްޓީއޯގެ ފާމަސީ ފަޅާލައިފިއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ ފާމަސީ ފަޅާލާފައިވާކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ސީންގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލު ލިބުމުން ހިއްސާ ކުރައްވާނެ ކަމަށެވެ.
މިކަމާއި ގުޅޭގޮތުން އެ ރަށުގެ ކައުންސިލް ރައީސް ވިޝާލް މުހައްމަދު ވިދާޅުވީ ފާމަސީ ފަޅާލާފައިވަނީ އެތަނުގެ ބިއްލޫރިތަކެއް ތަޅާލައިގެން ކަަމަށެވެ.
ގެއްލުންދީގެން އެ ފާމަސީ ފަޅާލާފައިވާއިރު މީގެ ދެ އަހަރު ކުރިންވެސް ހަމަ މި ފާމަސީ ފަޅާލާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް