މަރަދޫ ދާއިރާގެ މެމްބަރު ޝަރީފްގެ ބައްޕާފުޅު އަވަހާރަވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ގެ ބައްޕާފުޅު އަވަހާރަވެއްޖެއެވެ. ޝަރީފްގެ ބައްޕާފުޅު މޫސާ ވަޖްދީ އަވަހާރަވީ މުސްކުޅިފުޅު ބަލީގައި ގިނަ ދ...

09 Aug 2022 | 02:48

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ގެ ބައްޕާފުޅު އަވަހާރަވެއްޖެއެވެ.

ޝަރީފްގެ ބައްޕާފުޅު މޫސާ ވަޖްދީ އަވަހާރަވީ މުސްކުޅިފުޅު ބަލީގައި ގިނަ ދުވަސްތަކެއް ވުމަށްފަހުއެވެ. އޭނާ އަވަހާރަވީ މަރަދޫގައި ހުންނަ އަމިއްލަފުޅު ގޭގައެވެ.

މޫސާ ވަޖްދީ އަކީ ރާއްޖޭގައި ކެއްކުމުގެ ދާއިރާގައި މަޝްހޫރު ޖުވޭރިއާ ވަޖްދީގެ ވެސް ބައްޕާފުޅެވެ.

https://twitter.com/mvpeoplesmajlis/status/1556703886962233344?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1556703886962233344%7Ctwgr%5Eff0aa95aceb21827f59c458a587b377eb2c1ef48%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.vnews.mv%2F138332

މޫސާ ވަޖްދީ އަވަހާރަވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، މަޖިލީހުގެ ހުރިހާ މެމްބަރުންގެ ނަމުގައި މަޖިލީހުގެ އިދާރާއިންވަނީ އާއިލާއަށް ތައުޒިޔާގެ ފޮނުއްވާފައެވެ. އަދި މަރަދޫ ރައްޔިތުން ވެސް ގެންދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ގެންދަނީ އެ އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް