މާލޭގެ ބައެއް ސަރަހައްދުތަކުން މިރޭވެސް ފެނުގެ ހިދުމަތް މެދު ކެނޑޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފި އެވެ.
އެމްޑަބްލިއުއެސްސީން ބުނީ ހިދުމަތް މެދުކެނޑޭނީ ރޭގައިވެސް ހިދުމަތް މެދުކެނޑުނު ސަރަހައްދުތަކުން ކަމަށެވެ. އެއީ ހަނދުވަރީ ހިނގުމާއި ޝާއިއު ވަރުދީ މަގާ ދެމެދުން މުނިޔާ މަގުގައި ހިމެނޭ ގޭބިސީތަކެވެ.
ހިދުމަތް މެދުކެނޑާލާނީ މިރޭ 11:00 އިން ފަތިހު 5:00 އަށެވެ.
ހިދުމަތް މެދުކެނޑިގެންދާ ވަގުތުގައި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެމްޑަބްލިޔުއެސްސީން ވަނީ މައާފަށް އެދިފައެވެ.
https://twitter.com/MWSC_Official/status/1424749839682732033
އެ ވަގުތުތަކުގައި ފެނުގެ ހިދުމަތް މެދުކަނޑާލަނީ މާލޭ ސިޓީ ކައުންސިލުން މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން ކުރިއަށްގެންދާ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓުގެ ދަށުން މިހާރު މަސައްކަތް ކުރަމުން އަންނަ މުނިޔާ މަގުގައި ކުރިން އަޅާފައިވާ ފެން ހޮޅިއާއި މިހާރު އަލުން އަޅާފައިވާ ފެން ހޮޅި ގުޅުވައިލުމުގެ މަސައްކަތް ކުރުމަށެވެ.
ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓުގެ ބައެއް މަސައްކަތްތައް ކުރުމަށް މީގެ ކުރިންވެސް މާލޭގެ ބައެއް ސަރަހައްދުތަކުން ފެން ކަނޑާލައިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް