ފާއިތުވި 24 ގަޑިއިރު 108 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި މިއަދު ޕޮޒިޓިވް ވެފައިވަނީ މާލެ ސަރަހައްދުން 21 މީހުންނާއި އަތޮޅުތަކުން 172 މީހުން އަދި ރިސޯޓުތަކުން 15 މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ.
ފާއިތުވި 24 ގަޑި އިރު 7،203 ސާމްޕަލް ނަގާފައިވާ އިރު، އެކްޓިވް ކޭސްއަކީ 2،570 އެވެ. އަދި 19 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ނެވެ.
ރާއްޖެއިން ކޮވިޑު ޖެހުނު މީހުންގެ ޢަދަދު 78،464 ގައި ހުރި އިރު، 75،660 މީހުން ވަނީ ރާއްޖެއިން ކޮވިޑު ޖެހި ރަނގަޅުވެފަ އެވެ.
ކޮވިޑި ޖެހިގެން ރާއްޖެއިން މިހާތަނަށް 222 މީހުން ވަނީ މަރުވެފަ އެވެ.
https://twitter.com/HPA_MV/status/1424777576073994248
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް