ގިނަބައެއްގެ މަގުބޫލުކަން ހޯދާފައިވާ އެކްޓަރ އަނުޕާމް ޝްޔަމް 63 އަހަރުގައި މަރުވެއްޖެ އެވެ.
އިންޑިއާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި މިއަދުގެ ވަގުތެއްގައި އޭނާ މަރުވީ ގިނަ ގުނަވަންތަކެއް ފެއިލް ވުމުގެ ސަބަބުން ނެވެ.
ޚަބަރުތައް ބުނާގޮތުން ހޮސްޕިޓަލުގައި އެޑްމިޓްކޮށް އައިސީޔޫގައި ފަރުވާ ކުރަމުން ގެންދިޔައީ ކިޑްނީ އާއި ގުޅުން ހުރި މައްސަލަތަކެއްގަ އެވެ. އަދި އޭނާ މަރުވުމުގެ ކުރިން ވެންޓިލޭޓަރުގައި ވެސް ދެތިންދުވަހު ބާއްވަންޖެހުނު ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
ޑައިލިސިސް ވެސް ހަދަމުންދާ ޝްޔަމް، މިދިއަ އަހަރުގެ މާރޗް މަހުގެ ތެރޭގައިވެސް އެޑްމިޓް ކޮށްގެން ފަރުވާ ދީފައިވެއެވެ.
"އެޑްމިޓްކޮށް ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލްގެ ބިލްތަކަށް އޭނާއަށް ފައިސާ ނުދެއްކިގެން އުޅުނު. އެކަމަކު ފަހުންވަނީ ފައިސާ ދައްކާފަ. އަދި އެއަށް ފަހު “މަންކީ އާވާޒް ޕްރަތިގްޔާ”ގެ ދެވަނަ ސީޒަން މި އަހަރު އިއުލާން ކުރުމާއެކު ޝޫޓިންގ ވެސް ފެށި." ރިޕޯޓުތައް ބުނެއެވެ.
1993 ވަނަ އަހަރު ފިލްމީ ހަޔާތް ފެށި އަނުޕާމް ޝްޔަމް ފެނިގެން ގޮސްފައިވާ ބައެއް ފިލްމްތަކުގެ ތެރޭގައި “ދަސްތަކު”، “ދިލްސޭ”، “ލަގާން”، އަދި “ގޯލްމާލް” ފަދަ ފިލްމްތައް ފާހަގަ ކުރެވެއެވެ. ޑްރާމާ ސިލްސިލާ ތަކުގެ ތެރޭގައި “ރިޝްތޭ”، “ޑޯލީ އަރްމާންކީ”، “ކްރިޝްނާ ޗަލޭ ލަންޑަން” އަދި “މަންކީ އާވާޒް :ޕްރަތިގްޔާ” ފާހަގަކޮށްލެ ވެއެވެ.
ޑްރާމާ ސީރީޒްތަކުން ޢާންމުގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ އެކްޓަރ އަނުޕާމް ޝްޔަމް އެންމެފަހުން ފެނިފައިވަނީ “މަން ކީ އާވާޒް :ޕްރަތިގްޔާ 2” ގައި ޓާކުރު ސަޖަން ސިންގްގެ ރޯލުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް