ރިސޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ރިސޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އޯޒެން ލައިފް މާންދޫ ރިސޯޓުގަ އެވެ. އެމްއެންޑީއެފް އިން ބުނީ އެ ހާދިސާ ހިނގީ ޕެޓްރޯލު ...

09 Aug 2021 | 15:44

ރިސޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އޯޒެން ލައިފް މާންދޫ ރިސޯޓުގަ އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާ ހިނގީ ޕެޓްރޯލު ފީފާއެއްގައި އަލިފާން ރޯވުމުގެ ސަބަބުން ކަމަށެވެ. އަދި ރިސޯޓުގެ މުވައްޒަފުން އަލިފާން ކޮންޓްރޯލު ކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި 4 މީހަކަށް އަނިޔާވެގެން މާލެ ގެންނަކަމަށް ރިސޯޓުން މަޢުލޫމާތު ދީފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ. އަދި އަނިޔާވެފައިވަނީ ދިވެއްސަކަށާއި 3 ބިދޭސީންނަށް ކަމަށް ވެސް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް