ހއ. ތުރާކުނު ދެ ކައުންސިލަރަކު އިދިކޮޅު މައި ޕާޓީ ޕީޕީއެމްއަށް ސޮއި ކޮށްފި އެވެ.
އެ ޕާޓީއަށް ސޮއިކޮށްފައިވަނީ އެ ރަށު ކައުންސިލަށް އަމިއްލަ ގޮތުން އިންތިހާބުވެފައިވާ ދެ ކައުންސިލަރުން ކަމަށްވާ ތޮހާ އަލީ އާއި ހުސްނާ އިބްރާޙީމެވެ. އެ ދެބޭފުޅުން ޕާޓީއަށް ސޮއިކުރެއްވިކަން ހާމަ ކުރީ އިދިކޮޅު ކޯލިޝަނުން ޕީޕީއެމްއަށް މެމްބަރުން އިތުރު ކުރުމަށް ހއ އަތޮޅަށް ކުރަމުންދާ ދަތުރުގެ ތެރެއިންނެވެ.
އެބޭފުޅުން ސޮއި ކުރެއްވީ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އެވެ. ސައީދަކީ ތުރާކުނު ބޭފުޅެކެވެ.
ތުރާކުނު ކައުންސިލްގައި ދެން ތިއްބަވަނީވެސް އަމިއްލަ ގޮތުން އިންތިހާބުވެފައި ތިއްބެވި ތިން ކައުންސިލަރުންނެވެ.
ދެބޭފުޅުން ޕީޕީއެމްއާއި ގުޅިވަޑައިގަތުމުން ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވަނީ މިބޭފުޅުންނަށް މަރުހަބާ ދަންނަވާފައެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިޚާބު ރައީސް ޔާމީން ކާމިޔާބު ކުރައްވަނީ ހުރިހާ ރައްޔިތުންގެ ވޯޓާއި ތާއީދާއިއެކުގައި ކަމަށެވެ.
https://twitter.com/Shiyamaldives/status/1424666757600399368
ޕީޕީއެމްގެ ލީޑަރޝީޕުން މިކުރާ ދަތުރުގައި ހއ. އަތޮޅުގެ ރަށްތަކަށް ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 7 އިން 14 އަށެވެ. ޕީޕީއެމްއިން ބުނީ މި ދަތުރުގައި ހއ. އަތޮޅުގެ ރަށްތަކުން ގިނަ ބަޔަކު ޕީޕީއެމްއަށް ސޮއި ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް