އިދިކޮޅު ޕީޕީއެމްއިން ހުޅުމާލޭ މަސްވެރިންގެ ދޯނިފަހަރު އަޅާފައިވާ ސަރަހައްދު ސާފުކޮށްފި އެވެ.
މި ހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު އެވެ. މި ހަރަކާތުގައި އިސްކޮށް އުޅުއްވީ ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު އެވެ.
އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެންވަޔަރަމަންޓު މިނިސްޓްރީން ފެއިލްވެފައިވާއިރު އެޗްޑީސީއަށް ޒިންމާ އަދާ ނުކުރެވޭ ކަމަށެވެ. އެހެންވެ ހުޅުމާލޭ މަސްވެރިންގެ ދޯނި ފަހަރު އަޅާފައިވާ ސަރަހައްދު ގޮނޑުވުމުން ސާފު ކުރީ ހުޅުމާލޭ ސްޓިއަރިން ކޮމިޓީ އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަޕޯޓަރުން ގުޅިގެން ކަމަށެވެ.
އޭނާ ވިދާޅުވީ ހުޅުބމާލޭ މުނިސިޕަލް ހިދުމަތްތައް މާލޭ ސިޓީ ކައުންސިލްގެ ދަށަަށް ބަދަލު ކުރަން އެދުމުން އެކަމަށް އެޗްޑީސީން ދެކޮޅު ހަދާ ކަމަށެވެ. އަދި ބުނަމުން ދަނީ އެއީ ގާނޫނާއި ހިލާފު ކަމެއް ކަމަށެވެ.
https://twitter.com/IbrahimShujaau/status/1424602533054484481
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް