އެމްޓީސީސީގެ ޓެކްނިކަލް ޓީމެއް ގުޅީގައި

އެމްޓީސީސީގެ ޓީމެއް ކ. ގުޅީގައި ހަރަކާތްތެރިވަމުން އެބަ ދެއެވެ. އެ ކުންފުނީގެ ޕަބްލިކް ރިލޭޝަނުން ބުނީ އެ ކުންފުނީގެ އިންޖިއަރުންގެ ޓީމެއް އެ ރަށުގައި އިއްޔެއިން ފެށިގެން ހަރަކާތްތެރިވަމުންދާ ކަމަށެވެ...

09 Aug 2021 | 09:48

އެމްޓީސީސީގެ ޓީމެއް ކ. ގުޅީގައި ހަރަކާތްތެރިވަމުން އެބަ ދެއެވެ.

އެ ކުންފުނީގެ ޕަބްލިކް ރިލޭޝަނުން ބުނީ އެ ކުންފުނީގެ އިންޖިއަރުންގެ ޓީމެއް އެ ރަށުގައި އިއްޔެއިން ފެށިގެން ހަރަކާތްތެރިވަމުންދާ ކަމަށެވެ. ޓީމުގައި ހިމެނެނީ ތިން ދިވެހި މުވައްޒަފުންނެވެ.

މި ދަތުރުގައި އެމްޓީސީސީން ގަނެފައިވާ ޔަމަޖާ އަދި ސުޒުކީ ބްރޭންޑުގެ އިންޖީނާއި އައުޓް ބޯޑު ބޭނުން ކުރާ ގެސްޓު ހައުސްތަކާއި ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ ބޭނުން ކުރުމަށް ދަތިކަމެއް އުޅޭނަމަ އަމަލު ކުރާނެ ގޮތް ކިޔައިދޭނެ އެވެ. އަދި މައްސަލައެއް އިންޖީނަށް ދިމާވެފައިވާ ނަމަ އެކަން ރަނގަޅު ކޮށްދޭނެ އެވެ.

އަދި ގުޅީ ބޯޓު ޔާޑުގެ މަސައްކަތްތައް ބަލައި ހައްލު ކުރަން ހުރި ކަންކަން ބަލާނެ ކަމަށް ބުނެ އެވެ.

https://twitter.com/MTCCPlc/status/1424534767609925637

ދޭތެރެ ދޭތެރެއިން އެމްޓީސީސީގެ ޓީމުތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް އެ ކުންފުނީގެ ކަސްޓަމަރުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދޭން މަސައްކަތް ކޮށްދެ އެވެ. އަދި ބައެއް އަތޮޅުތަކުގައި އާންމުންނަށް އެ ކުންފުނީގެ ޕްރޮޑަކްޓުތަކާއި ގުޅޭ މައުލޫމާތުދީ ހަދަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް