މިމަހުގެ 17 ވަނަ ދުވަހަށް ފަހު ފްލެޓްތަކަށް ދާއިމީ ކަރަންޓް ގުޅުމަށް ހުޅުވާލާނެ: ސުހައިލް

މިމަހުގެ 17 ވަނަ ދުވަހަށް ފަހު ފްލެޓްތަކަށް ދާއިމީ ކަރަންޓް ގުޅުމަށް ހުޅުވާލެވިގެންދާނެ ކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރު ސުހައިލް އަހްމަދު ވިދާޅުވެއްޖެ އެވ...

09 Aug 2021 | 09:27

މިމަހުގެ 17 ވަނަ ދުވަހަށް ފަހު ފްލެޓްތަކަށް ދާއިމީ ކަރަންޓް ގުޅުމަށް ހުޅުވާލެވިގެންދާނެ ކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރު ސުހައިލް އަހްމަދު ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަކުން ފިނިޝިންގގެ މަސައްކަތްތައް ނިންމުމަށް 3 މަސް ދުވަސް ދޭން ސަރުކާރުން ނިންމާފައިވާތީ، ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެމުއްދަތު ގުނަން ނިންމާފައިވާ ކަމަށެވެ.

މިހާރުވެސް ފިނިޝިންގގެ މަސައްކަތްތައް ބައެއް ފަރާތްތަކުން ކުރަމުންގެންދާކަން ފާހަގަ ކުރައްވާ ސުހައިލް ވަނީ ޑިސެމްބަރު މަހު ފްލެޓްތަކުގެ ކުލި ދައްކަން ފަށަންޖެހޭއިރު، ފިނިޝިންގއަށް 3 މަސް ދުވަހަކީ މަދު ދުވަސްކޮޅެއްކަން ފާހަގަކުރައްވާފަ އެވެ.

ސުހައިލް މިފަދައިން ވިދާޅުވެފައިވާ އިރު، ފްލެޓް ލިބުނު ފަރާތްތައް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން ނެެވެ.

އެގޮތުން ހިޔާ ފްލެޓު ލިބުނު ފަރާތްތަކުގެ ކަންބޮޑުވުންތައް ކަމާއިގުޅުންހުރި އިދާރާތަކަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރާ "ހިޔާ ޔޫނިއަން" އިން އަންނަނީ ކަންވޮޑުވުން އެކިފަރާތްތަކަށް ހިއްސާ ކުރަމުން ނެވެ.

ހިޔާ ޔޫނިއަން އިން މިހައިތަނަށް ވަނީ ރައީސް އޮފީސް، އެޗްޑީސީ، ބީއެމްއެލް އަދި ހައުސިންގ މިނިސްޓްރީ ފަދަ ކަމާއިގުޅުންހުރި އިދާރާތަކަށް ފްލެޓު ލިބުނު މީހުންގެ ކަންބޮޑުވުންތައް ފޯރުކޮށްދީފަ އެވެ.

ފްލެޓްތަކުގެ ކުއްޔަށް 7،500 ރުފިޔާ ނަގާއިރު މެއިންޓެނެންސް ފީއަށް 1،000 ރުފިޔާ ދައްކަންޖެހެ އެވެ. އެހެންކަމުން މުޅިއެކު މަހަކަށް ޖުމްލަ 8،500 ރުފިޔާ ދައްކަން ޖެހޭނެ އެވެ.

ހިޔާ ފްލެޓުތަކުގެ ކުލި ބަހާލާފައިވަނީ ޖުމްލަ 25 އަހަރު ދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރާ ގޮތަށެވެ.

މިހާރު ކުރިޔަށްދަނީ ފްލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުުރުމުގެ ކަންކަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް