އެމްއެމްސީގެ ހުސްވެފައިވާ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން ހުސްވެފައިވާ މެމްބަރު ކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ. އެ ކައުންސިލްގެ މެމްބަރަކު މަދުވީ މެމްބަރު ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ޔާމީނ...

09 Aug 2021 | 09:06

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން ހުސްވެފައިވާ މެމްބަރު ކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

އެ ކައުންސިލްގެ މެމްބަރަކު މަދުވީ މެމްބަރު ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ޔާމީން އިބްރާހިމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޔާމީންއަކީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ސެކެޓްރީ ޖެނެރަލްއެވެ.

އެމްއެމްސީން ކޮށްފައިވާ އިއުލާނު ގައި ބުނެފައިވަނީ އާންމު މެންބަރުކަމުގެ މަގާމަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން، މިމަހުގެ 17 ވަނަ ދުވަހުގެ 13:30ގެ ކުރިން، މީޑިއާ ކައުންސިލަށް މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު” އަދި ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، މިނިސްޓްރީ އޮފް ހޯމްއެފެއާޒްއަށް ހުށަހެޅުއްވުން ވަނީ ދަންނަވާފައެވެ.

މީޑިއާ ކައުންސިލްގެ ގާނޫނާއި ގަވައިދު ބުނާގޮތުން މީޑިއާ ކައުންސިލްގެ މެމްބަރެއްގެ މަގާމު ހުސްވާތާ 28 ދުވަސް ތެރޭ މެމްބަރު ކަމަށް ބޭފުޅަކު އިންތިހާބު ކުރަންޖެހެ އެވެ. މީޑިއާ ކައުންސިލްގެ މެމްބަރެއްގެ ދައުރަކީ ދެ އަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް