މި މީމަރަކީ ސާރިމް، ސާރިމަކީ އާދައިގެ މީހެއް ނޫން!

މި މީމް އިން މި ފެންނަނީ ޕާކިސްތާނަށް ނިސްބަތްވާ ފުޓްބޯޅައަށް މަރުދޭ ސާރިމް އަޚްތަރެވެ. ވަރަށް މަދު މީހަކަށް ނޫނީ ސާރިމް ނޭނގި ނުދާނެއެވެ. ސާރިމްއަކީ ކާކު ހެއްޔެވެ؟ ސާރިމް އޭނާ ސިފަ ކުރަނީ ވަރަށް ލަދު...

09 Aug 2021 | 07:55

މި މީމް އިން މި ފެންނަނީ ޕާކިސްތާނަށް ނިސްބަތްވާ ފުޓްބޯޅައަށް މަރުދޭ ސާރިމް އަޚްތަރެވެ. ވަރަށް މަދު މީހަކަށް ނޫނީ ސާރިމް ނޭނގި ނުދާނެއެވެ. ސާރިމްއަކީ ކާކު ހެއްޔެވެ؟

ސާރިމް އޭނާ ސިފަ ކުރަނީ ވަރަށް ލަދުރަކި މީހެއް ގޮތަށެވެ. އޭނާ އަކީ އޮޑިޓަރެކެވެ. އަދި ދަރިންނާއެކު ދިރިއުޅެނީ ލަންޑަނުގަ އެވެ.

ލަންޑަނުގައި މަސައްކަތް ކުރަން ފެށުމުގެ ކުރިން އޭނާ މަސައްކަތްކުރީ ކުވައިތުގަ އެވެ. އޭނާ ތައުލީމު ހާސިލްކުރީ އުފަންވި ތަން ކަމަށްވާ ޕާކިސްތާނުގެ ކަރާޗީގަ އެވެ.

ދެން އުފެދޭ ސުވާލަކީ މިހާ އާދައިގެ މީހެއް ކުއްލިއަކަށް މަޝްހޫރުވީ ކިހިނެއް ހެއްޔެވެ؟ އެއީ ހަމަ އޮޅުމަކުންވީ ކަމެއް ބާއެވެ؟

ސާރިމް ފުރަތަމަ އާންމުންގެ ތެރޭގައި މަޝްހޫރުވެފައިވަނީ 2019 ވަނަ އަހަރު އެވެ. އޭނާގެ މީމްއެއް ހެދި، އެ މީމް ސޯޝަލް މީޑިއާގައި ޝެއާރ ކުރެވެން ފެށީ 2019 ވަނަ އަހަރުގެ އޮސްޓްރޭލިއަން ވަރލްޑް ކަޕްގައި ޕާކިސްތާނު ކުޅުނު މެޗެއްގައި އޭނާ ހުއްޓި ހުރި ގޮތުންނާއި މޫނަށް އައިސްފައިވާ ރިއެކްޝަންގެ ސަބަބުން ނެވެ. ސާރިމްގެ މޫނު މަތިން ފެންނަން ހުރި ހިތްހަމަނުޖެހުމުގެ ސަބަބުން އޭނާ މަޝްހޫރުވެފައިވަނީ "ރުޅިގަދަ ޕާކިސްތާނުގެ ސަޕޯޓަރު"ގެ ގޮތުގަ އެވެ.

އޭނާގެ މޫނުމައްޗަށް އައި ކުލަވަރު ރިކޯޑްކޮށްފައިވަނީ ޓީވީ ޗެނަލަކުން ނެވެ. އޭނާ ވަނީ ލަންޑަނުގެ އައިސީސީއަށް ދިން އިންޓަވިއުއެއްގައި އޭނާ އެހާ މާޔޫސްވެ، ހިތްހަމަ ނުޖެހިފައި ހުރި ސަބަބުވެސް ކިޔައިދީފަ އެވެ.

ސާރިމް ބުނީ އޭނާއަށް ބޭއިޚްތިޔާރުގައި އެހެންވީ އޭނާ ސަޕޯޓްކުރި ޕާކިސްތާނުގެ ޓީމުން ފަސޭހައިން ހިފެން އޮތް ބޯޅައެއް ނުހިފި ވައްޓާލުމުން ކަމަށެވެ. އޭނާ ބުނީ އޭނާގެ މީމް މީހުން ހިއްސާ ކުރާތީ ކުޑަކޮށްވެސް ދެރަވެ، ލަދު ނުގަންނަ ކަމަށެވެ.

އޭނާގެ ޓްވިޓަރގައިވެސް އޭނާގެ މީމް ޝެއާރ ކޮށްފައި ހުންނަ މީހުންގެ ޕޯސްޓްތައް ރީ-ޓްވީޓްކޮށް ޝުކުރު އަދާކޮށްފައި ހުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް