އާންމުކޮށް ހުޅުވާލައިގެން އެސްޓްރަޒެނިކާ ވެކްސިން ޖަހައިދޭން ފަށައިފި

އާންމުކޮށް ހުޅުވާލައިގެން ކޯވިޑް-19 އަށް ދެމުންދާ އެސްޓްރަޒެނިކާ ވެކްސިން ޖަހައިދޭން ފަށައިފި އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއި) އިން ބުނީ މިއަދުން ފެށިގެން މާލޭގެ ހުރިހާ ވެކްސިން ސެންޓަރ...

09 Aug 2021 | 06:34

އާންމުކޮށް ހުޅުވާލައިގެން ކޯވިޑް-19 އަށް ދެމުންދާ އެސްޓްރަޒެނިކާ ވެކްސިން ޖަހައިދޭން ފަށައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއި) އިން ބުނީ މިއަދުން ފެށިގެން މާލޭގެ ހުރިހާ ވެކްސިން ސެންޓަރުތަކުން އެޕޮއިންޓްމެންޓާއި ނުލައި އެސްޓްރަޒެނިކާ ވެކްސިން ޖެހޭނެ ކަމަށެވެ. އެކަމަކު އަދިވެސް އިސްކަން ދެމުންދާނީ އެޕޮއިންޓްމެންޓު ހައްދައިގެން ވެކްސިން ޖަހަން ދާ މީހުންނަށް ކަމަށް ބުނެ އެވެ.

ސޯޝަލް ސެންޓަރު، އިސްލާމީ މަރުކަޒު، އާޓް ގެލަރީ، އަދި ވިލިމާލޭ ހޮސްޕިޓަލުން އެސްޓްރާޒެނެކާ ވެކްސިން ޖެހޭނެ އެވެ. އެޗްޕީއޭއިން ބުނީ އެ ސެންޓަރުތަކުން އެސްޓްރަޒެނިކާ ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒު ޖެހޭނެ ކަމަށެވެ.

ދެވަނަ ޑޯޒުގެ ގޮތުގައި އެސްޓްރަޒެނިކާ ވެކްސިން އަދި ޖަހައިދެމުން ދަނީ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވާ މީހުންނަށެވެ.

ސަރުކާރުގެ އަމާޒަކީ މިމަހުގެ ނިޔަލަށް ވެކްސިން ޖަހާ އާބާދީގެ 90 ޕަސެންޓަށް ވެކްސިންދީ ނިންމުމެވެ. އަދި އެ އަދަދަށް ބޭނުންވާ ވަރަށް ވެކްސިން ރާއްޖެއަށް ލިބިފައިވާ ކަމަށް ބުނެފައިވެ އެވެ.

އެޕޮއިންޓްމެންޓާއި ނުލައި ވެކްސިން ޖަހައިދޭން ފަށާފައި މިވަނީ ވެކްސިން ޖަހަންދާ މީހުންގެ އަދަދު މަދުކަމުން ކަމަށް ބެލެވެ އެވެ. އެއީ މިދިޔަ ހަފްތާގައިވެސް އެޗްޕީއޭއިން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައި ވާތީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް