ފުނަދޫ އޮއިލް ސްޓޯރޭޖް, ތިލަފުއްޓަށް ބަދަލު ކުރަން ވަނީ ނިންމާފަ: ސުހައިލް

ކ. ފުނަދޫ އޮއިލް ސްޓޯރޭޖް, ތިލަފުއްޓަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް ހައުސިންގ ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހްމަދު ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވ...

09 Aug 2021 | 05:10

ކ. ފުނަދޫ އޮއިލް ސްޓޯރޭޖް, ތިލަފުއްޓަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް ހައުސިންގ ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހްމަދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ތިލަފުށީ މާސްޓަރ ޕްލޭން އެކުލަވާލުމުގެ އެންމެ ފަހު މަރުހަލާ މިހާރުވެސް ވަރަށްބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ފުނަދޫ އޮއިލް ސްޓޯރޭޖު ތިލަފުއްޓަށް ބަދަލުކުރަނީ މި މާސްޓަރ ޕްލޭނުގެ ދަށުން ކަމަށެވެ.

ސުހައިލް ވިދާޅުވީ މިވަގުތު ތިލަފުށީގެ ބޮޑުމިނަކީ 110 ހެކްޓަރު ކަމަށެވެ. ތިލަފުށި ފަޅުން އިތުރަށް 130 ހެކްޓަރު ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި ތިލަފުށީގައި މިހާރުހިއްކިފައި އިނީ ގާތްގަނޑަކަށް 110 ހެކްޓަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ސުހައިލް އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ތިލަފުށި ވެގެންދާނީ މާލެ ސަރަހައްދުގެ ސިނާއީ މަސައްކަތުގެ ހަބަކަށް ކަމަށާއި އެހެންކަމުން ތިލަފުށި އިތުރަށް ބޮޑުކުރަން އެތަނަށް ތައްޔާރުކުރާ މާސްޓަރ ޕްލޭންގައި ހިމަނާފައިވާ ކަމަށެވެ.

ކ. ފުނަދުއަކީ އެސްޓީއޯއިން ރާއްޖެ ގެންނަ ތެޔޮ ރައްކާ ކުރާ އެންމެ ބޮޑު ސްޓޯރޭޖް ހުންނަ ރަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް