ދަރަވަންދޫ ފުޓްސަލް ފިއެސްޓާގެ އޮންލައިން މީޑިއާ ޕާޓުނަރަކަށް "ދުވަސް"

ދަރަވަންދޫ ފުޓްސަލް ފިއެސްޓާގެ އޮންލައިން މީޑިއާ ޕާޓުނަރުކަން ދުވަސް އެމްވީއަށް ބަދަލުކޮށްފި އެވެ. މިބަދަލު ގެނައީ އެ ފިއެސްޓާގެ އޮންލައިން މީޑިއާ ޕާޓްނަރުކަން މީގެކުރިން ނަގާފައިވާ "އެޓޯލް ނިއުސް" އޮ...

09 Aug 2021 | 04:45

ދަރަވަންދޫ ފުޓްސަލް ފިއެސްޓާގެ އޮންލައިން މީޑިއާ ޕާޓުނަރުކަން ދުވަސް އެމްވީއަށް ބަދަލުކޮށްފި އެވެ.

މިބަދަލު ގެނައީ އެ ފިއެސްޓާގެ އޮންލައިން މީޑިއާ ޕާޓްނަރުކަން މީގެކުރިން ނަގާފައިވާ "އެޓޯލް ނިއުސް" އޮންލައިންގެ މެއިންޓެނަންސް މަސައްކަތްތަކެއް މިވަގުތުކުރަމުންދާތީ އެވެ.

ދަރަވަންދޫ ކައުންސިލު އިދާރާ އާއި އެޓޯލް ނިއުސް އާދެމެދު ވެފައިވާ ފަހުމުނާމަައިގާ ވާ ގޮތަށް ދުވަސްއެމްވީ އިން ވެސް "ދަރަވަންދޫ ފުޓްސަލް ފިއެސްޓާގެ ޚަބަރުތައް ތާޒާކަމާއެކު ގެނެސްދޭނެ އެވެ.

އެގޮތުން މި ފިއެސްޓާގެ އެންމެފަހުގެ މަޢުލޫމާތަށް ބަލާލާ އިރު، މި ފިއެސްޓާގެ ގުރުއަތުލުން ބޭއްވުމަށް ނިންމާފައިވަނީ މި މަހުގެ 11 ވާ ބުދަ ދުވަހުގެ ރެއެވެ.

މި ފިއެސްޓާގެ ފޯކަލް ޕޮއިންޓު އިބްރާހިމް ހުސާމިން ވިދާޅުވީ މި އަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ އަންހެން 5 ޓީމާއި ފިރިހެން 5 ޓީމު ކަމަށެވެ.

އޭނާ ވިދާޅުވީ މިއަހަރުގެ ފިއެސްޓާގައި ނިންމާފައިވަނީ (އަންހެން އަދި ފިރިހެން ވަކިން) ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅޭގޮތަށް ކަމަށެވެ. އަދި މެޗްތައް ކުޅެވޭނީ ރޭގަނޑު ކަމަށާއި ކޮންމެ ރެއަކު 2 މެޗު ކުޅޭނެ ކަމަށެވެ.

ދަރަވަންދޫ ފުޓްސަލް ފިއެސްޓާ، މިދިޔަ ޖުލައި މަހު 20 ވީ އަންގާރަ ދުވަހު ފެށުމަށް ކުރިންނިންމާފައިވީނަމަވެސް މި ފިއެސްޓާ ފެށުމަށް މިހާރުނިންމާފައިވަނީ މި އޯގަސްޓު މަހުގެ 15 ވަނަ ދުވަހު އެވެ.

އެއީ ފިއެސްޓާ ފެށުން ލަސްކުރީ ޢީދު ބަންދާއި ޗުއްޓީގައި ކުޅިވަރު މުބާރާތްތައް ނުބޭއްވުމަށް އެޗްޕީއޭ އިން އިލްތިމާސް ކޮށްފައިވާތީ އެކަމަށް އިޖާބަ ދިނުމުގެ ގޮތުން ނެވެ.

ފިއެސްޓާ ފަށާ ތާރީޚަށް ބަދަލު އައުމާއިގުޅިގެން ބައިވެރިވެފައިވާ ޓީމުތަކުން، ޓީމު ލިސްޓަށް އުނި އިތުރު ގެނައުމުގެ ފުރުސަތު ވެސް މިހާރުވަނީ އިތުރުކޮށްފަ އެވެ.

އެގޮތުން އޯގަސްޓް 10 ވާ އަންގާރަ ދުވަހުގެ މެންދުރު 2 ޖެހުމާއި ހަމައަށް ވަނީ ހުޅުވާލާފަ އެވެ.

ހަމައެކަނި ދަރަވަންދޫގެ ޓީމުތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ މި ފިއެސްޓާގައި ކޮންމެ ގިންތިއެއްގައި ބައިވެރި ކުރެވޭނީ ވަކި ޓީމެއް ކަމަށް ދަރަވަންދޫ ކައުންސިލުން ވަނީ ބުނެފަ އެވެ.

ފާއިތުވި އަހަރުތަކުގައި މި މުބާރާތް ބާއްވާފައިވަނީ އަންހެން އަދި ފިރިހެން މުބާރާތަކީ ދެ މުބާރާތެއްގެ ގޮތުގައި ނަމަވެސް، މިއަހަރު ބާއްވާނީ ފިއެސްޓާއެއްގެ ގޮތުގަ އެވެ.

އެހެންކަމުން ދަރަވަންދޫ ފުޓްސަލް ފިއެސްޓާގެ އޮންލައިން މީޑިއާ ޕާޓްނަރގެ ގޮތުގައި މިހާރު މަސައްކަތް ކުރާނީ ދުވަސްއެމްވީ އެވެ. އަދި ޕްރިންޓިންގ ޕާޓްނަރގެ ގޮތުގައި ހަމަޖައްސާފައިވަނީ އެންޕްލަސް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް