މާޅެންދޫގައި މަރުވި ކުއްޖާގެ މަރާއިމެދު ސުވާލު އުފެދިއްޖެ

ނ. މާޅެންދޫގައި އިއްޔެ ދަންޖެހިފައި ހުއްޓަ ފެނުނު 11 އަހަރުގެ ކުއްޖާގެ ހަށިގަނޑު މާލެ ގެނެސްފި އެވެ. ފުލުހުން ބުނީ ޓެސްޓުތަކެއް ހެދުމަށް އެ ކުއްޖާގެ ހަޑިގަނޑު މާލެ ގެނެސް މިހާރު އައިޖީއެމްއެޗަށް ގެންގ...

09 Aug 2017 | 07:27

ނ. މާޅެންދޫގައި އިއްޔެ ދަންޖެހިފައި ހުއްޓަ ފެނުނު 11 އަހަރުގެ ކުއްޖާގެ ހަށިގަނޑު މާލެ ގެނެސްފި އެވެ.

ފުލުހުން ބުނީ ޓެސްޓުތަކެއް ހެދުމަށް އެ ކުއްޖާގެ ހަޑިގަނޑު މާލެ ގެނެސް މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ. އިތުރު ތަފްސީލް ހާމައެއް ނުކުރެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިތުރު ޓެސްޓުތަކެއް ހަދަން ނިންމީ އެ ކުއްޖާގެ މަރާމެދު އުފެދިފައިވާ ސުވާލުތަކާއި ގުޅިގެންނެވެ. ރިޕޯޓުތައް ބުނާގޮތުގައި އެ ކުއްޖާ ގޭގައި ދަންޖެހިފައި ހުއްޓަ ފެނުނު ކަމަށް ވަނީ މަންމައަށް އެކަންޏެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އެ ކުއްޖާ ދަންޖެހިގެން މަރުވި ކަމުގެ ރިޕޯޓު ކުރީ އިއްޔެ މެންދުރު 2:15 ހާއިރު ކަމަށެވެ. އަދި އެ އުމުރުގެ ކުއްޖަކު ދަންޖެހެން ޖެހުނު ސަބަބެއް ބަލަމުންދާ ކަމަށެވެ.

އެ ކުއްޖާ އާއި ގުޅޭ އެއްވެސް މައްސަލައެއް މިހާތަނަށް ނ. އަތޮޅުގެ ފެމިލީ އެންޑް ޗިލްޑްރެންސް ސާވިސް ސެންޓަރަށް އަދި އެ މިނިސްޓްރީއަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް