ލ. ކައްދޫ އެއާޕޯޓު ތެރޭގައި ހުރެ އަތުގައި ބޮމެއް އޮތް ކަމަށް ބުނެގެން ހައްޔަރު ކުރި މީހާ ދޫކޮށްލައިފި އެވެ.
އުމުރުން 42 އަހަރުގެ އެ މީހާ ހައްޔަރު ކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެއާޕޯޓަށް ގޮސް ފުރަން ޗެކިންވުމަށް ފަހު އޭނާ ވަނީ ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނެ ބިރުވެރިކަން އުފެދޭ ގޮތަށް އަމަލުކޮށްފައި އެވެ.
އެމީހާގެ ދޫކޮށްލީ މުއްދަތު ޖެހުމަށް ލ. ގަން މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ގޮވާތަކެތި ހުރި ކަމަށް ބުނެ މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް އެއާޕޯޓުތަކުގައި ވާހަކަދައްކާ ހެދުމަކީ ރާއްޖޭގައިވެސް ހަރުކަށި އަދަބު ކަނޑައަޅާފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް