ދެން އެންމެ އަވަހަށް ރިލީޒްވާ ޝްރައްދާ ކަޕޫރުގެ "ހަސީނާ ޕާކާ"ގެ މޮޅު ކަމާއި އޭނާ އެ ފިލްމުގައި ކުޅެގައިވާ ރޯލުގެ މޮޅުކަން އެނގޭނީ ފިލްމު ރިލީޒް ކުރުމުގެ ކުރިން ފަރްހާން އަހްތަރު އެ ފިލްމު ބެލުމުން ކަމަށް ޝްރައްދާ ބުނެފި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ފަރްހާން އާއި ޝްރައްދާ އުޅެނީ ވަރަށް ސިއްރުން ލޯބީގެ ގޮތުން ގުޅިގެންނެވެ. ފަރްހާން ވަނީ ދާދި ފަހުން އަންހެނުން އަދުނާ ބަބާނީ ވަރިކޮށްފަ އެވެ.
ޝްރައްދާ ވަނީ ފަރްހާންއަށް އެ ފިލްމު ދެއްކުމަށް ހާއްސަ ސްކްރީނިއްއެއް ބޭއްވުމަށް ނިންމާފައި އެވެ. އެއީ ފިލްމު ބެލުމަށް ފަހު އެހެން ތަރިންނާއި ސަޕޯޓަރުން ބުނާ ބަހަށްވުރެ ފިލްމުަގައި އޭނާގެ ރޯލުގެ މޮޅުކަން ބުނެދެވޭނީ ފަރްހާން އަށް ކަމަށްވާތީ ކަމަށެވެ. އަދި ޝްރައްދާއަށް ފަރްހާން ފިލްމާއި ދޭތެރޭ ދެކޭގޮތް އެނގުން މުހިންމު ކަމަށްވާތީ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އެ ފިލްމުގައި ޝްރައްދާ ފެނިގެންދަނީ ވަރަށް ބިރުވެރި އެހާމެ ގަދަފަދަ އަންހެނެއްގެ ރޯލުންނެވެ. އެ ފިލްމުގައި އޭނާގެ ހަތަރު ދަރިންވެސް ތިބެ އެވެ. "ހަސީނާ ޕާކާ" އަށް ޝްރައްދާ ވަނީ ހަތަރު ކިލޯ ބަރުވެފައެވެ.
އަޕޫރްވާ ލަކިއާ ޑައިރެކްޓުކޮށްފައިވާ އ ފިލްމު ރިލީޒް ކުރަން ކުރިން ހަމަޖެހިފައި އޮތީ މިމަހުގެ 18 ގައި އެވެ. އެކަމަކު ރިލީޒް ކުރާ ދުވަހަށް ކޮންމެސް ވަރެއްގެ ބަދަލެއް އައިސްފައިވާ ރިޕޯޓުތައް ބުނެ އެވެ.
ފަރްހާން އާއި ޝަރައްދާގެ ލޯބީގެ ގުޅުން ފެށިފައިވަނީ މިދިޔަ އަހަރު ދެމީހުން އެކުގައި ފެނިގެން ދިޔަ "ރޮކް އޮން 2" އިން ކަމަށް ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް