ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާތުގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.
ޕާސްޕޯޓު ހިފަހައްޓާފައިވާކަން މުސްތަފާއަށް އަންގާ ޗިޓު ވަނީ އޭނާއަށް ފޮނުވާފައި އެވެ. މުސްތަފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ކޯޓު އަމުރަކުން ފުރުން މަނާ ކުރި އިރު އެ ކޯޓު އަމުރު ހަވާލު ކުރީ ފުލުހުން ކަމަެވެ.
މުސްތަފާއަށް ރަށުން ބޭރަށް ފުރުން މަނާ ކުރީ ތިން މަސްދުވަހަށެވެ. އެ އަމުރު އިމިގްރޭޝަންގެ މައްޗަށް ކޮށްފައިވަނީ މިމަހުގެ އަށަކުން ނޮވެމްބަރު އަށަކަށެވެ.
މުސްތަފާގެ ކުށަކީ ޖުލައި 28 ވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ދެއްކެވި ވަހަކަތަކެކެވެ. ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ ސޮއި ކުރައްވާ ނެރުއްވާފައި އަމުރުގައި ބުނެފައިވަނީ މުސްތަފާގެ ވާހަކަތަކުން ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މަގާމުން ބޭރުކޮށް، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށާއި ޣައިރު ގާނޫނީ އަމަލެއް ހިންގުމަށް ރައްޔިތުންނަށް ހިތްވަރު ލިބޭ ކަމަށެވެ.
ހެކީގެ ގޮތުގައި ފުލުހުން ހުށަހަޅާފައިވަނީ ރާއްޖެ ޓީވީގައި ދެއްކެވި ވާހަކަައިގެ ވީޑިއޯ އާއި އެ ވާހަކަތަކުގެ ސްކްރިޕްޓެވެ.
އެތުހުމަތުތަކާއި ގުޅިގެން ކުރިން އޮތީ ރޭ ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޗިޓު ފޮނުވާފައި އެވެ ފަހުން އެ ޗިޓު ކެންސަލް ކުރީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް