ފިޔާ ކޮށުމަކީ ކޮންމެ ދުވަހެއްގެ ކެއްކުމުގައި ކުރަން ޖެހޭ ކަމެކެވެ. އެކަމަކު ފިޔާ ކޮށާއިރު ލޮލަށް އަރަ ދިލަޔާއި އޭގެ ސަބަބުން ރޮވޭ ގޮތްވުމަކީ މަސައްކަތް ލަސްވާ ސަބަބެކެވެ.
ފިޔާ ކޮށާއިރު ލޮލުން ފެން ނާންނާނެ ގޮތްތަކެއް މީހުން ބުނެދީފަ ހުރެ އެވެ. އެކަމަކު އެއީ ހައްލަކަށް ނުވެ އެވެ. ބައެއް މީހުން ބުނާގޮތުގައި ފިޔާ ކޮށާ ވަޅީގެ ކޮޅުގައި ފިޔާ ކޮޅެއް ޖައްސާފައި ބޭންދުމުން ލޮލުން ފެނެއް ނާންނާނެ އެވެ. ނުވަތަ އެންމެ ލޯބިވާ މީހެއްގެ މަތިން ހަނދާ ކުރާށޭ ބުނެ އުޅެ އެވެ.
ސައިންސްގެ އަލީގައި ހޯދާފައިވާ ހޯދުންތަކާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި ފިޔާ ކޮށާއިރު ލޮލުން ދިލަނަގަނީ ފިޔަ ކޮށަން ފެށުމުން އޭގައި ހުންނަ ސެލްތައް ބުރިވެ ގޭސް ނުކުންނާތީ އެވެ. އަދި ފެން އަންނަނީ އެ ގޭހުގައި އެކުލެވިފައި ހުންނަ ފެނުގެ ސަބަބުންނެވެ.
ފިޔާ ކޮށާއިރު ލޮލުން ފެން އައިސް ދިލަ ނުނަގާނެ ގޮތެއް ހެދުމަށް ތިރީގައި އެވާ ކަންކަން ފިޔާ ކޮށުމުގެ ކުރިންނާއި ފިޔާ ކޮށާއިރު ކުރާށެވެ.
ފިޔާ ކޮށަން ފަށާނީ ފަންކާއެއްގެ ދަށުގައި ހުރެގެންނެވެ. އޭރުން ފިޔާގައި އެކުލެވޭ ގޭސްތައް ސީދާ ލޮލަށް ދިއުމުގެ ބަދަލުގައި ފެތުރުމުގެ ފުރުސަތު ބޮޑުވާނެ އެވެ.
ފިޔާ ރައްކާކޮށްފައި ބެހެއްޓުން ރަނގަޅީ ފްރިޖުގައި އެވެ. ނުވަތަ ފިޔާ ކޮށަން ފަށާނީ 15 މިނިޓް ފްރިޖުގައި ބަހައްޓައި ފިނި ކުރުމަށް ފަހު އެވެ. އޭރުން ފިޔާގައި ހުންނަ ކެމިކަލްތައް ދާނެ އެވެ.
ފިޔާ ކޮށަން ވާނީ ވީހާވެސް ތޫނު ވަޅިއަކުންނެވެ. ކޮށި ވަޅީއަކުން ފިޔާ ކޮށާއިރު ފިޔާއަށް ލިބޭ ގެއްލުން ބޮޑުވާނެ އެވެ.
ފިޔާ ކޮށަން ފަށާއިރު އެންމެ ފުރަތަމަ ބޮޑުގައި އިންނަ ބައި ބުރިކޮށްލަން ހަނދާން ކުރާށެވެ. ފިޔާގައި އެކުލެވޭ ކެމިކަލް އާއި ގޭސް ގިނައިން ހުންނާނީ ފިޔާގެ ބުޑުގައި އެވެ.
https://www.youtube.com/watch?v=R1FfZiiK-I4
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް