ވިލާގެ ޕެޓްރޯލް ޝެޑެއް ފަޅާލައި ލައްކައަކަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި

ހުޅުމާލޭގައި ހުންނަ ވިލާ ކުންފުނީގެ ޕެޓްރޯލް ޝެޑްގެ ތިޖޫރީ ފަލާލުމަށް ފަހު، ލައްކައަކަަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފިއެވެ. ފުލުހުން ބުނީ ވިލާ ޕެޓްރޯލް ޝެޑްގެ ތިޖޫރީ ފަޅާލާ ވައްކަށް ކުރި މައްސަލައެ...

09 Aug 2015 | 06:40

ހުޅުމާލޭގައި ހުންނަ ވިލާ ކުންފުނީގެ ޕެޓްރޯލް ޝެޑްގެ ތިޖޫރީ ފަލާލުމަށް ފަހު، ލައްކައަކަަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފިއެވެ.

ފުލުހުން ބުނީ ވިލާ ޕެޓްރޯލް ޝެޑްގެ ތިޖޫރީ ފަޅާލާ ވައްކަށް ކުރި މައްސަލައެއް ފުލުހުންނަށް މިއަދު ހެނދުނު 08:00 ގައި ރިޕޯޓް ކޮށްފައިވާ ކަމަށާއި އެ ޝެޑުގެ ތިޖޫރި ފަޅާލުަށްފަހު 1 ލައްކަ 20 ހާސް ރުފިޔާ ވަގަށް ނަގާފައިވާކަމަށް ޝެޑާ ހަވާލުވެހުރި ފަރާތުން ފުލުހުންނަށް މައުލޫމާތު ދޭކަމަށެވެ.

ފުލުހުން ބުނީ އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް