މަތިންދާ ބޯޓެއްގެ ބައެއް ކަމަށް ބެލެވޭ އެއްޗެއް ރ.އަލިފުށި ގޮނޑު ދޮށަށް ލައްގައިފި އެވެ
ދުވަހަށް މައުލޫމާތުދިން އެރަށު މީހަކު ބުނީ ރޭ އެރަށު ގޮނޑުދޮށުން ފެނުނު އެއްޗަކީ ފްލައިޓެއްގެ ބައެއް ކަަމަށް ރަށުތެރޭގައި ވާހަކަ ދެކެވޭއިރު އެއެއްޗަކީ ދުވަސްތަކެއް ވަންދެން ކަނޑުމަތީގައިއޮތް އެއްޗެއް ކަމުގައި ބެލެވޭ ކަމަށެވެ. އޭގައި ރިނދަލި ޖަހާފައި ހުރި ކަމަށެވެ.
އަލިފުށިން ފެނުނީ ގާތްގަނޑަކަށް ދިހަ ފޫޓު ދިގު ތިންފޫޓު ފުޅާ ފިލާގަނޑެއް ކަހަލަ އެއްޗެކެވެ. ފެނުނީ އެރަށު ދެކުނު ފަރާތުގެ ކުނިކޮށި ހުންނަ ޞަރަޙައްދާ ދިމާއިން ގޮނޑުދޮށުންވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އުތުރުގެ ބައެއް އަތޮޅުތަކަށް މަތިންދާބޯޓެއްގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެތިތަކެއް ފެނިގެން ފުލުހުންނަށް ރިޕޯޓު ކުރުމާއި ގުޅިގެން އެކަން ބެލުމަށް ފުލުހުން ހަރަކާތްތެރިވާ ކަމަށެވެ.
އެގޮތުން ނ.އަތޮޅާއި ރ.އަތޮޅުން މަތިންދާ ބޯޓެއްގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެހިތަކެއް ފެނިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް