އެމްއެޗް 370ގެ ބައިތައް ހޯދުމުގައި ރާއްޖޭގެ އެހީތެރިކަމަށް މެލޭޝިޔާއިން އެދެފި

ގެއްލިފައިވާ މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް 370ގެ ބައިތައް ހޯދުމުގައި ރާއްޖޭގެ އެހީތެރިކަމަށް މެލޭޝިއާއިން އެދެފިއެވެ. މެލޭޝިއާގެ ބައެއް ނޫސްތަކުގައި އެގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރަ ދަތު...

09 Aug 2015 | 05:39

ގެއްލިފައިވާ މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް 370ގެ ބައިތައް ހޯދުމުގައި ރާއްޖޭގެ އެހީތެރިކަމަށް މެލޭޝިއާއިން އެދެފިއެވެ.

މެލޭޝިއާގެ ބައެއް ނޫސްތަކުގައި އެގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރަ ދަތުކް ސިރީ ލިއޯ ޓިއޮންގެ ލައި އާއި، ހަވާލާދީ ބުނެފައިވަނީ، އެމްއެޗް 370 ހޯދުމުގައި ރާއްޖޭގެ ރާއްޖޭގެ އިތުރަށް މަޑަގަސްކަރައާއި މޮރިޝަސްގެ އެހީއަށް އެދިފައިވާކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓަރަ ދަތުކް ސިރީ ވިދާޅުވެފައިވަނީ، އެމްއެޗް 370 އަށް ވީގޮތް އަދިވެސް ވަނީ ނޭންގުމެއްގެ ތެރޭގައި ކަމަށާއި، އެކަން ހޯދާ ބެލުމަށް އިތުރު ހެކި ބޭނުންވާ ކަމަށެވެ.

ރާއްޖޭގެ އެހީތެރިކަން ބޭނުންވާކަމަށް މެލޭޝިއާ ސަރުކާރުން ހާމަކޮށްފައި މިވަނީ، މަތިންދާބޯޓެއްގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެހިތަކެއް ނ. އަތޮޅާއި ބ. އަތޮޅުން ފެނިފައިވާކަމަށް ރިޕޯޓްކުރަމުންދާ ދަނޑިވަޅެއްގައެވެ. ފުލުހުންގެ އިއްޔެ ހާމަކޮށްފައިވަނީ އުތުރުގެ ބައެއް އަތޮޅުތަކަށް މަތިންދާބޯޓެއްގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެތިތަކެއް ފެނިގެން ފުލުހުންނަށް ރިޕޯޓު ކުރުމާއި ގުޅިގެން އެކަން ބެލުމަށް ފުލުހުން ހަރަކާތްތެރިވާ ކަމަށެވެ.

239 މީހުންނާއެކު ކުއާލަލަމްޕޫރުން ބެއިޖިންގަށް ދަތުރުކުރި އެމްއެޗް 370 ގެއްލިފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 8 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް