ދިރާގު ކަސްޓަމަރުން އެންމެ 20 ރުފިޔާ ރީލޯޑުކޮށްގެން ބަޓިކް އެއަރ ގިފްޓް ވައުޗަރ، ޕީއެސް5، އަދި އިތުރު އިނާމުތައް ހޯދުމުގެ ފުރުސަތު

ދިރާގު ޕްރިޕެއިޑް ކަސްޓަމަރުން ކޮންމެ ހަފްތާއަކު އަގުހުރި އިނާމުތައް ހޯދުމުގެ ރަނުގެ ފުރުސަތު ދިރާގުން ހުޅުވައިލައިފިއެވެ. މި ހާއްސަ އިނާމުތަކަކީ: ޕްލޭސްޓޭޝަން 5 ސްލިމް ޑެލް ލެޕްޓޮޕް ސެމްސަންގް ގެލެކް...

09 Jul 2025 | 17:55

ދިރާގު ޕްރިޕެއިޑް ކަސްޓަމަރުން ކޮންމެ ހަފްތާއަކު އަގުހުރި އިނާމުތައް ހޯދުމުގެ ރަނުގެ ފުރުސަތު ދިރާގުން ހުޅުވައިލައިފިއެވެ.

މި ހާއްސަ އިނާމުތަކަކީ:

  • ޕްލޭސްޓޭޝަން 5 ސްލިމް
  • ޑެލް ލެޕްޓޮޕް
  • ސެމްސަންގް ގެލެކްސީ ޓެބް އޭ9 ޕްލަސް
  • ކޮންސިއާޖް ގްރޫޕްއިން 500 ޑޮލަރުގެ ބަޓިކް އެއަރ ގިފްޓް ވައުޗަރ

އެންމެ 20 ރުފިޔާ ނުވަތަ އެއަށް ވުރެ ގިނައިން ރީލޯޑުކޮށްގެން ފަސޭހަކަމާއެކު މި އަގުހުރި އިނާމުތައް ހާސިލުކުރުމުގެ ފުރުސަތު ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ވަނީ ހުޅުވައިލައިފައެވެ. މި އިނާމުތައް ހާސިލުކުރާ ނަސީބުވެރިން ހޮވުމަށް ހަމަޖެހިފައިވަނީ މި ޕްރޮމޯޝަންގައި ބައިވެރިވާ ކަސްޓަމަރުންގެ މެދުގައި ނަގާ ލަކީ ޑްރޯއެއް މެދުވެރިކޮށެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ 31 ޖުލައި 2025 ގެ ނިޔަލަށެވެ.

500 ޑޮލަރުގެ ބަޓިކް އެއާގެ ގިފްޓް ވައުޗަރ ހާސިލުކުރާ ނަސީބުވެރިޔާއަށް ބަޓިކް އެއަރގެ އެކްސްކްލޫސިވް އޮތޮރައިޒްޑް ޖެނެރަލް ސޭލްސް އޭޖެންޓް (ޖީއެސްއޭ) ކޮންސިއާޖް ގްރޫޕް މެދުވެރިކޮށް ބުކިން ހެދުމަށް ބޭނުންކުރެވޭނެއެވެ.

ދިރާގުން ދަނީ ތަފާތު އެކި ޕްރޮމޯޝަންތައް ހިންގައި އެ ކުންފުނީގެ ކަސްޓަމަރުންނަށް އެންމެ އަގުހުރި އޮފަރތަކާއި އިނާމުތައް އަދި އެންމެ ފަހުގެ ހިދުމަތްތަކާއި ތަޖުރިބާތައް ފޯރުކޮށްދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް