އެސްޓޯނިޔާއަށް ނިސްބަތްވާ ސްލެކް ލައިނަރ (ވަލުގައި ހިނގުން) ރާއްޖެ އައިސް ވަރަށް އާދަޔާ ޚިލާފު ކަމެއް ކޮށްފިއެވެ.
ރެޑްބުލްއިން ބުނެފައިވާގޮތުގައި އެ ކުޅިވަރުން ތިން ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ އަދި އެ ކުޅިވަރުން އެތައް ދުނިޔޭގެ ރެކޯޑެއް ޤާއިމުކޮށްފައިވާ ޖާން ރޫސް ވިޒިޓް މޯލްޑިވްސް އާއި ގުޅިގެން ރާއްޖެ އައިސް ނޫނު އަތޮޅުގެ ސިޔާމް ވޯލްޑް ރިސޯޓުގައި ހުރެ އެ ފުރިހަމަކުރީ މިހާތަނަށް އޭނާ ފުރިހަމަކުރި އެފަދަ އެންމެ ތަފާތު ޗެލެންޖެވެ.
އެ ޗެލެންޖުގައި ޖާން ރޫސް ވަނީ ދުއްވަމުން ދިޔަ ލޯންޗާއި މަތީގައި އޮތް ޕެރެސެއިލް ގުޅުވަދޭ ވަލުގައި މަތިން ފެށިގެން ތިރިއަށް ހިނގާފައިގޮސް އެ ޗެލެންޖު ފުރިހަމަކޮށްފައެވެ.
ޖާން ރޫސް ބުނެފައިވާގޮތުގައި މި ޗެލެންޖު ފުރިހަމަކުރުމަށް އޭނާ އެކަމުގައި އާ އުކުޅުތަކެއް ބޭނުންކުރަން ޖެހުނެވެ. އަދި ނިމުމަކާއި ގާތްވެފައިވަނިކޮށް އަކުނިވަޔަށް ދެމުމާއި ދިމާވި ނަމަވެސް ކާމިޔާބު ކަމާއެކު ޗެލެންޖު ނިންމާލެވުމަކީ ލިބުނު އިންތިހާ ކުރިއެރުމެއް ކަމުގައި އޭނާ ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް