ދިރާގުން އައު ގައުމުތަކަކަށް އައިޑީޑީ ޕެކޭޖްތަކެއް ތައާރަފްކޮށްފި - އެންމެ 55 ރުފިޔާއިން ފެށިގެން

ދިރާގުން އައު ގައުމުތަކަކަށް އައިޑީޑީ ޕެކޭޖްތަކެއް ހެޔޮ އަގުތަކެއްގައި ތައާރަފްކޮށްފިއެވެ. އެންމެ 55 ރުފިޔާއިން ފެށިގެން 125 ރުފިޔާއާ ދެމެދުގައި ލިބެންހުރި މި އައިޑީޑީ ޕެކޭޖްތަކުން އިންޓަރނޭޝަނަލް މިނ...

09 Jul 2025 | 09:52

ދިރާގުން އައު ގައުމުތަކަކަށް އައިޑީޑީ ޕެކޭޖްތަކެއް ހެޔޮ އަގުތަކެއްގައި ތައާރަފްކޮށްފިއެވެ.

އެންމެ 55 ރުފިޔާއިން ފެށިގެން 125 ރުފިޔާއާ ދެމެދުގައި ލިބެންހުރި މި އައިޑީޑީ ޕެކޭޖްތަކުން އިންޓަރނޭޝަނަލް މިނިޓްސްގެ އިތުރުން ހިލޭ ޑޭޓާ ލިބިގެންދާނެއެވެ. މި ޕެކޭޖްތައް ތައާރަފްކުރި ގައުމުތަކުގެ ތެރޭގައި އިންޑިއާ، ބަންގްލަދޭޝް، ސްރިލަންކާ، މެލޭޝިއާ، ތައިލެންޑް، ނޭޕާލް، އޮސްޓްރޭލިއާ، ޗައިނާ، ސައުދީ އަރަބިއްޔާ އަދި އިތުރު ގިނަ ގައުމުތަކެއް ހިމެނެއެވެ.

ދިރާގު ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މި ޕެކޭޖްތައް ދިރާގުއެޕް އަދި މައިއެކައުންޓް މެދުވެރިކޮށް އެކްޓިވޭޓްކުރެވޭނެއެވެ.

އެހެންކަމުން، ދިވެހީންގެ އަދި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންންގެ އާއިލާއާއި އެހެންނިހެން ފަރާތްތަކުގެ ހާލުބެލުމަށާއި ގުޅުންބަދަހިކުރުމަށް މި އައިޑީޑީ ޕެކޭޖްތަކުގެ އެހީގައި އިތުރު ފަސޭހަތައް ލިބިގެންދާނެއެވެ.

ދިރާގުން ދަނީ ތަފާތު ގިނަ ހިދުމަތްތައް ހެޔޮ އަގުގައި ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ހާއްސަކޮށްގެން ފޯރުކޮށްދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް